ޝިޢާގެ މަރުގެ މައްސަލައިގެ ޝަރީޢަތް ސިއްރުކޮށްގެން އާދިއްތަ ދުވަހު ފަށަނީ

މިދިޔަ އަހަރުގެ އޮގަސްޓުމަހުގައި އަނިޔާވެރި ގޮތަކަށް މަރައިލި ފުވައްމުލަކު/ކުރި, މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) ގެ މަރުގެ މައްސަލައިގެ ޝަރީޢަތް އަންނަ އާދިއްތަ ދުވަހު ފަށާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސަވައިފިއެވެ. މި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދަވަން ނިންމަވާފައިވަނީ ސިއްރުކޮށްގެންނެވެ. ސިއްރުކޮށްގެން ޝަރީޢަތް ކުރިއަށް ގެންދަވަން ކޯޓުން ނިންމަވާފައިވަނީ ދައުލަތުން ވެސް އެކަމަށް އެދިފައިވަނިކޮށެވެ. މިދިޔަ އޮގަސްޓު ހަވަނަ ދުވަހުގެ ރޭ ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ތޫނު އެއްޗަކުން ހަމަލާދީ ޢުމުރުން 22 އަހަރުގެ […]

ޖީއެމްއާރްގެ ބަދަލު މި ނަގަނީ “ޕަޕެޓަކު“ ގޮނޑީގައި ބަައިންދާފައި: ސަޢީދު

ޖީއެމްއާރްގެ ބަދަލު އިންޑިއާއިން ނަގަމުން އެދަނީ “ޕަޕެޓަކު ގޮނޑީގައި ބަައިންދާފައި“ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ޖޭއެމްސީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރޭ ފެށުމާ ގުޅިގެން އެކަމަށް ޢިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްގައި ސަޢީދު ވިދާޅުވީ ހަނިމާދުއަކީ އިންޑިއާގެ މަސްލަހަތަށް ބޮޑުކުރާ ތަނެއް ކަމަށާއި ޖީއެމްއާރްގެ ބަދަލު މި ނަގަނީ ޕަޕެޓަކު ގޮނޑީގައި ބަައިންދާފައި […]

ރައީސް ޔާމީންގެ މެސެޖު: ރައްޔިތުން މާޔޫސްނުވޭ, މައުސޫމުކަން ސާބިތުކޮށް ދޭނަން

މާފުށީ ޖަލުގައި 11 އަހަރުގެ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހުންނެވީ ފިސާރި ގަދަކޮށް ކަމަށް އެ ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެެއެވެ. ކޯލިޝަނުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އިއްޔެ ވަނީ މާފުށީ ޖަލަށް ވަަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރައްވައިފައެވެ.  އެ ބައްދަލުވުމަށްފަހު އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ […]

އިންޑިއާއިން ރާއްޖޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަން ސޮއިކޮށްފި

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަން މިއަދު އެއްބަސްވުންތަކުގައި ސޮއިކުރައްވައިފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން ނ.މަނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިން އެެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. ރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކުރި ތިން އެއްބަސްވުން: 01 – އިންޑިއާގެ ހިލޭ އެހީގެ ދަށުން މުޖުތަމަޢުއަށް ފައިދާހުރި މަޝްރޫޢުތައް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފެށުން : މި އެއްބަސްވުމުގައި […]

ރައީސް ޔާމީނާމެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އިދިކޮޅުގެ ވަފުދެއް އީޔޫ ސަފީރުންގެ އަރިހަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާކަމަށް ބުނެ އެ ކަންބޮޑުވުންތައް ޔޫރަޕްގެ ޤައުމުތަކުގެ ސަފީރުންނަށް ހުށަހަޅުއްވައިފިއެވެ. އިދިކޮޅު ކޯލިޝަންގެ ވަފުދު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވާފައިވަނީ އިއްޔެގައެވެ. އިދިކޮޅުގެ ވަފުދުގައި ހިމެނިވަޑައިގަންވަނީ: ރައީސް ޔާމީންގެ ވަކީލު ޑރ.މުޙައްމަދު ޖަމީލު. ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު. […]

ދުންޔާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ބައެއްކަމަށް ޝާހިދު އެއްބަސްވެވަޑައިގެންފި ކަމަށް

ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެއްބަސްވެވަޑައިގެންފި ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްއެންޕީގެ ނައިބު ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސަޢުދުﷲ އަޙްމަދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ދުންޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ އެހެން ޤައުއުމެއްގެ ބައެއް ކަމަށް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވިއިރު, އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަކަށް ޚާރިޖީ […]

ރައީސް ޔާމީންގެ ކެމްޕޭނު ރަސްމީކޮށް ފަށަން އަންނަ މަހު މަހާސިންތާއެއް ބާއްވަނީ

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ފެށުމަށް ބާއްވާ މަހާސިންތާ އަންނަ މަހު ފަށަން ހަމަޖައްސައިފިއެވެ.  ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް ޔާމީންގެ ވަކީލުން މިހާރު ގެންދަވަނީ އެ ޙުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެއީ މަތީ މަރުހަލާގެ ކޯޓަކުން ދަށު ކޯޓުގެ […]

ރައީސް ނަޝީދު ޕީޕީއެމްއަކަށް ހެވެއްނޭދޭނެ, އެ އުޅުއްވަނީ އަމިއްލަ އެދުމެއް އޮތީމަ: އަދުރޭ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ތަންދޮރު ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަ ދައްކަވަނީ އަމިއްލަ އެދުމެއް އޮތުމުން ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެތެރެއިން ނަޝީދު އިއްޔެ ބޭއްވެވ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީނަކީ ވަރަށް އިންޓަލެކްޗުއަލް, ވަރަށް އެކަޑަމިކް ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީނަކީ ތަންދޮރު ދެނެވަޑައިގަންނަވާ […]

ޑރ.މުޢިއްޒުގެ ނަމުގައި ފޭކް މެސެޖުތަކެއް

މާލޭ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާ ވެސް އެކި ފަރާތްތަކަށް ފޭކް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިވަޑައިގަންނަވައިފިއެވެ. މޭޔަރު މުޢިއްޒުގެ ނަމުގައި ފޭކް މެސެޖުތައް ފޮނުވަމުންދަނީ އެ މަނިކުފާނުގެ އަމިއްލަ ފޯނު ނަންބަރު ބޭނުންކޮށްގެންނާއި އެސްއެމްއެސްއާއި ވައިބަރގެ ޒަރީޢާއިންނެވެ. މޭޔަރު މިއަދު ވިދާޅުވީ އޭނާގެ ނަމުގައި ފޭކް މެސެޖުތައް ފޮނުވަމުންދަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ކަންކަމާ ގުޅުވައިގެން ކަމަށެވެ. މޭޔަރު ވަނީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. […]

ޕީޕީއެމް “ފަޅައިލަން“ ކުރާ މަސައްކަތަކަށް ޖާގައެއް ނުދޭނަން: އަދުރޭ

ޕީޕީއެމް “ފަޅައިލަން“ އެތެރޭން ކުރާ މަސައްކަތަކަށް ވެސް ބޭރުން ކުރާ މަސައްކަތަކަށް ވެސް ޖާގައެއް ނުދޭނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތުގައި އަދުރޭ ވިދާޅުވީ މި ދުވަސްވަރަކީ ވަރަށް ނުރައްކާތެރި ދުވަސްވަރެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ލަޝްކަރުގެ ހިތްވަރު ފެނުމުން ވާދަވެރިންގެ ހިތަށް ކެތްނުވެގެން ޓީމު ބައިބައި ކުރުމުގެ މަސައްކަތް ރޭވުންތެރިކަމާއެކީގަ ކުރަމުން ގެންދާ ކަމަށެވެ “އަޅުގަނޑުމެންގެ ވާދަވެރިން އަޅުގަނޑުމެންގެ ލަޝްކަރު ބަދަހިވަމުން […]