ރައީސް ޔާމީނަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް: ނަޝީދު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއްކަމަށާއި ހަމައެކަނި އޮތް ޚިޔާލު ތަފާތުވުމަކީ އެ މަނިކުފާނު އިންޑިއާއާ ދެކޮޅަށް ގެންގުޅުއްވާ ވިސްނުންފުޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެއާ އިންޑިއާއާ ދެމެދު ގުޅުމަކީ ރަނގަޅު ހަރުދަނާ ގުޅުމެއް ކަމަށާއި އެ ގުޅުން ކުރިއަށް ގެންދަވަންޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ […]
ރައީސުލްޖުމްހޫރިއްޔާއަށް ޒިންދާބާދަށް ގޮވައި, ސަނާ ކިޔާނަމަ އެ ދެވެނީ ޚަރާބުގެ މަގަށް: ނަޝީދު

ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ޒިންދާބާދަށް ގޮވައި ސަނާ ކިޔާނަމަ ދެން އެދެވެނީ ޚަރާބުގެ މަގަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން މިހާރު ރާއްޖޭގެ ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ.ފުލިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ހިނގާތާ ދުވަސްތަކެއް ވެެއްޖެ ކަމަށާއި އަލުން “މައުމޫނީ ފިކުރަށް“ ނުދެވޭނެ ކަމަށެވެ. “އަޅުގަނޑު […]
“ފިނިޝިންގް ލައިން“ ހުރަސްކުރައްވާނެކަމަށް ވިދާޅުވި ޢުމަރުގެ ކެމްޕޭނު ފެށުން ފެބްރުއަރީގައި

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ ރިޔާސީ ކެމްޕޭން އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ފަށްޓަވަން ނިންމަވައިފިއެވެ. ޢުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެރޭ ސަލްޓަންޕާކުގައި ކަމަށެވެ. “ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު އިއުލާން ކުރުމާ ގުޅިގެން, އަޅުގަނޑުގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ […]
ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 09 ގައި

ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސަވައިފިއެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ބާއްވަން ހަމަޖައްސަވާފައިވާ ކަމަށް […]
ޞާލިޙާއި ނަޝީދު ކެމްޕޭން ކުރައްވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން: ޝިޔާމް

އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިރޭ ތުހުމަތު ކުރައްވައިފިއެވެ. މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ރައީސް ނަޝީދާއި ރައީސް ޞާލިޙް މިހާރު ގެންދަވަނީ ރަށްރަށަށް ދަތުރުފުޅުތައް […]
އަޅުގަނޑުގެ ސަރުކާރެއްގައި ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދޭނަން: ނަޝީދު

ތ.ވިލިފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވަޢުދުވެވަޑައިގެންފިއެވެ. އެ މަނިކުފާނު އެ ގޮތަށް ވަޢުދުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ތ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ވިލިފުށީގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. “އަޅުގަނޑު ވެސް މިރޭ ވަޢުދެއްވާނަން. ވިލިފުށީގައި އެއާޕޯޓު ހެދުމަށް ކްރޮސް ސަބްސިޑީގެ އުސޫލުން އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރިއަށް ގެންދާނަން.“ އެ މަސައްކަތް […]
މި ސަރުކާރުން އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ކަނޑާލައިފި: ދުންޔާ

މި ސަރުކާރުން އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ކަނޑާލައިފައިވާކަމަށް ވިދާޅުވެ ކުރީގެ ޚާރިޖީ ވަޒީރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް ދުންޔާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ. “ރައްޔިތުންގެ އުދާސް“ ގެ ނަމުގައި އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ދުންޔާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން މިއަދު ވަނީ ބޭރުގެ ޤައުމަކަށް ހިލޭ އެހީއެއްގެ ގޮތުގައި ވެދުންކޮށްފައި ކަމަށެވެ. އަދި ބޭރުގެ ޤައުމެއްގެ ރުުހުން ހޯދައިގެން މެނުވީ ދިވެހި ސަރުކާރަށް ބޭރުގެ އެހެން ޤައުމަކަށް […]
ރައީސް ޔާމީނުގެ ޙުކުމް އިސްތިއުނާފު ކުރުމަށް ހުރަސް އަޅާ

ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލުގެ ޙުކުމް މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރުމަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ޙައްގަށް ސަރުކާރުން ހުރަސް އަޅަމުން ދާކަމުގައި އެމަނިކުފާނުގެ ދޮށީ ދަރިކަލުން ޒޭން ޔާމީން ވިދާޅުވެއްޖެއެވެ.ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި، ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ޙުކުމެއްވަނީ 25 ޑިސެމްބަރުގައި އިއްވާފައެވެ. ޒޭން ވިދާޅުވީ ދަށު ކޯޓުން ކުރާ ޙުކުމް މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ޙައްގަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ޙައްގެއްކަން އެންމެނަށްވެސް އެނގޭކަމަށެވެ.ނަމަވެސް ރައީސް ޔާމީންގެ […]
ދެކުނަށްގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފާ ވަނީ ލ. އަތޮޅުން ފެށިގެން އައްޑުއާއިހަމައަށެވެ. އޭގައި ބުނާގޮތުން ފަތިހު 4:30 އިން ފެށިގެން ހެނދުނު 10:30 އާ ހަމައަށް ވަރަށް ގަދަވާނެ ކަމަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެ އެވެ. އެހެންވުމާއި އެކު ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ރައްކާތެރި […]
ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް އައްޑޫގައި

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ކުރިއަށް ގެންދަން ފަށައިފިއެވެ. މިއޮޕަރޭޝަންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފިކަމަށް ބުނެއެވެ. ފުލުހުން ބުނީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ މިކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަޙައްދުގައިވެސްކުރިއަށް އެބަދޭކަމަށެވެ. މި އޮޕަރޭޝަންގެ ކުރިއެރުންތަކާއި އިތުރު މަޢުލޫމާތް ހާމަ ކުރެވެން އޮތް މިންވަރަކުން މީޑިއާ އާއި ޙިއްސާ ކުރާނެކަމަށެވެ. ބޮމުގެ އިންޒާރަކާއި ގުޅިގެން ފުލުހުންނާއި ސިފައިން އައްޑޫ ސިޓީ ހިތަދޫގެ ގެއަކާއި ބައެއް އެހެނިހެން ތަންތަން ބަލައި ފާސްކުރަމުންދާނެ ކަމަށެވެ. ފުލުހުންނާއި ސިފައިން ފާސްކުރަމުން މިދަނީ ހިތަދޫ މެދުވަލު އަވަށުގައި ހުންނަ […]