ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސަވައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު 09 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި ބާއްވަން ހަމަޖައްސަވާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

މުހިންމު ތާރީޚުތައް:
ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ ޢާންމުކުރުން: 02 މެއި.
ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން: 30 ދުވަސް (ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ 02 ޖޫންގައި).
ރީ ރަޖިސްޓްރޭޝަން: 16 ޖުލައި އިން 05 އޮގަސްޓަށް.
އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު: 23 ޖުލައި އިން 03 އޮގަސްޓަށް.
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން: 09 އޮގަސްޓު.
ކެމްޕޭނު ކުރެއްވުމުގެ ފުރުސަތު: 10 އޮގަސްޓުން 08 ސެޕްޓެމްބަރަށް.
މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބޭ މީހުންގެ ޢަދަދު 280,000 އަށް އަރައެވެ. މިއީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާ އަޅާބަލާއިރު 21,000 އިތުރު ޢަދަދެކެވެ.
މި ފަހަރުގެ އިންތިޚާބުގައި މާލޭގައި 145 ވޯޓު ފޮށި, ހުޅުމާލޭގައި 47 ވޯޓު ފޮށި, ވިލިމާލޭގައި 10 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި އެހެނިހެން ރަށްރަށުގައި 327 އަދި ރާއްޖެއިން ބޭރުގައި 12 ވޯޓު ފޮށި ބަހައްޓާނެއެވެ.
One Response
ނަތީިޖާ ރައީސް ޔާމީނު 1، ރައީސް ނަޝީދު 2، ގާސިމް 3، އިބޫ 4، ނާޒިމް 6، ސިޔާމު 7،
ދެން އެނގިދާނެތާ ދޯ؟