ދެކުނަށްގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ 

Loading

Facebook
Twitter
WhatsApp


ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފާ ވަނީ ލ. އަތޮޅުން ފެށިގެން އައްޑުއާއިހަމައަށެވެ. އޭގައި ބުނާގޮތުން ފަތިހު 4:30 އިން ފެށިގެން ހެނދުނު 10:30 އާ ހަމައަށް ވަރަށް ގަދަވާނެ ކަމަށެވެ. 

އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެފައިވެ އެވެ.

އެހެންވުމާއި އެކު ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާއިގެން ދަތުރުކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް