ޞާލިޙާއި ނަޝީދު ކެމްޕޭން ކުރައްވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން: ޝިޔާމް

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިރޭ ތުހުމަތު ކުރައްވައިފިއެވެ.

މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ރައީސް ނަޝީދާއި ރައީސް ޞާލިޙް މިހާރު ގެންދަވަނީ ރަށްރަށަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި މިހާރު ކޮންމެ ރެއަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ ކުރި މުޒާހަރާގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ މިހާރު މި ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ޕީޕީއެމްއަށް ވާނެ ފައިދާއެއް މޮޅެއްނެތް ކަމަށެވެ. އަދި އެ އެންމެންނަކީ ވެސް ރައީސް ޔާމީނަށް އަނިޔާކުރުމުގެ ވިސްނުމުގައި މަސައްކަތްކުރާ މީިހުންކަމަށް ޝިޔާމް ވިދާޅުވިއެވެ. 

އެއަށްފަހު ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙާއި ރައީސް ނަޝީދު ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން ކަމަށާއި ދައުލަތުގެ ފައިސާ ބޭނުންކުރައްވައިގެން ކަމަށެވެ.

ވަކިން ޚާއްސަ ކޮށް ރައީސް ޞާލިޙް ރަށްރަށަށް ދަތުރުފުޅުތައް ކުރައްވަނީ ސީދާ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރައްވައިގެން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަކަށް އޭރު ހުންނެވި ރައީސް ޞާލިޙް, އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެތެރެއިން 35 މިލިއަން ނެންގެވި ކަމަށްވެއެވެ. ރައީސް ޞާލިޙް އެ ފައިސާއާއި ހަވާލުވެވަޑައިގެންނެވީ ރެހެންދި ފުލެޓުގައި ކަމަށާއި ފައިސާ ހަވާލުކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ކުރެއްވި ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް