ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް އައްޑޫގައި

Facebook
Twitter
WhatsApp
406CE603-D821-4342-AA1B-6A799B171B38


ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ކުރިއަށް ގެންދަން ފަށައިފިއެވެ.  މިއޮޕަރޭޝަންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކޮށްފިކަމަށް ބުނެއެވެ.

ފުލުހުން ބުނީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ މިކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަޙައްދުގައިވެސްކުރިއަށް އެބަދޭކަމަށެވެ. މި އޮޕަރޭޝަންގެ ކުރިއެރުންތަކާއި އިތުރު މަޢުލޫމާތް ހާމަ ކުރެވެން އޮތް މިންވަރަކުން މީޑިއާ އާއި ޙިއްސާ ކުރާނެކަމަށެވެ.

ބޮމުގެ އިންޒާރަކާއި ގުޅިގެން ފުލުހުންނާއި ސިފައިން އައްޑޫ ސިޓީ ހިތަދޫގެ ގެއަކާއި ބައެއް އެހެނިހެން ތަންތަން ބަލައި ފާސްކުރަމުންދާނެ ކަމަށެވެ. ފުލުހުންނާއި ސިފައިން ފާސްކުރަމުން މިދަނީ ހިތަދޫ މެދުވަލު އަވަށުގައި ހުންނަ ގެއެކެވެ. އެގެއަށް ފުރަތަމަ ވަދެފައި ވަނީ ގޮވާތަކެތި ހޯދުމަށް ޚާއްސަކޮށްފައި ތިބޭ ސްކޮޑް ކަމަށް މަންޒަރު ދުށްމީހުން ޚަބަރުދެއެވެ.

މިހާރު ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވެސް ދަނީ އެގެ ކައިރީ ޙަރަކާތްތެރި ވަމުންކަމަށް ޚަބަރު ލިބެއެވެ. ފުލުހުންނާއި ސިފައިން ފާސްކުރަމުންދާ ގެއަކީ މީގެ ކުރިން ވެސް އެބުނާ ހަރުކަށި ފިކުރުގެ މައްސަލައަކާއި ގުޅިގެން ބަލައި ފާސްކުރި ގެއެއްކަމަށް ވެއެވެ.

ފުލުހުން އައްޑޫގައި ހިންގަމުން އަންނަ އޮޕަރޭޝަނުގެ ތެރެއިން ނައުޝާދު ކިޔާ މީހަކުހައްޔަރު ކޮށްފައިވަނީ ހިތަދޫ ބޮޑު މަގުން ސައިކަލުގައި ދަނިކޮށް ކަމަށް ބުނެއެވެ. 

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް