އިންޑިއާއިން ރާއްޖޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަން ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަން މިއަދު އެއްބަސްވުންތަކުގައި ސޮއިކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން ނ.މަނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިން އެެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކުރި ތިން އެއްބަސްވުން:

01 – އިންޑިއާގެ ހިލޭ އެހީގެ ދަށުން މުޖުތަމަޢުއަށް ފައިދާހުރި މަޝްރޫޢުތައް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފެށުން : މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޙަލީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރްއެވެ.

02 – ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުން: މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޙަލީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރްއެވެ.

03 – ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާ ދެމެދު އެއްބާރުލުން ދިނުން: މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ.މުޙައްމަދު ޝަރީފް އަދި ކޮޗިން ޔުނިވަރސިޓީގެ ފަރާތުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. ކޭއެން މަދަސޫދަނަން އެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި އިންޑިއާއިން ވަނީ އެމްއެންޑީއެފަށް ދެ ސީ އެމްބިއުލާންސް ވެސް ހަދިޔާާކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް