ދުންޔާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ބައެއްކަމަށް ޝާހިދު އެއްބަސްވެވަޑައިގެންފި ކަމަށް

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެއްބަސްވެވަޑައިގެންފި ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްއެންޕީގެ ނައިބު ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސަޢުދުﷲ އަޙްމަދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ދުންޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ އެހެން ޤައުއުމެއްގެ ބައެއް ކަމަށް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވިއިރު, އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަކަށް ޚާރިޖީ ވުޒާރާއިން  އަދިވެސް ވިދާޅުނުވާ ކަމަށެވެ. އެހެންކަމުން ބެލެވޭނީ ޚާރިޖީ ވަޒީރު ޝާހިދު ވެސް އެކަމާ އެއްބަސްވެވަޑައިގަންނަވާ ކަމަށް ކަމަށެވެ.

“ދިވެހިރާއްޖެއަކީ އެހެން ޤައުމެއްގެ ބައެއް ކަމަށް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ބުނެފި. އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަކަށް ފޮރިން މިނިސްޓްރީން އަދިވެސް ނުބެނޭ. ޚާރިޖީ ވަޒީރު ހަނު ހުރުމަކީ ސްޓޭޓް މިނިސްޓަރު ދެއްކި ވާހަކަ އާ އެއްބަސްވުން.“ ދުންޔާ ވިދާޅުވިއެވެ.

ރާއްޖެއަކީ އިންޑިއާގެ ބައެެއްކަމަށް ސަޢުދުﷲ ވިދާޅުވީ ދާދިފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ސަޢުދުﷲ ވަނީ ރާއްޖެއަކީ އިންޑިއާގެ ބަޔަކަށްވުމުން އުފާކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް