އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުން 200 ވުރެ ގިނަ، ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ހިމެނޭ!

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކޮށް ބްލެކްމެއިލްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އެއްޖިންސިން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ މަތިކަން އެނގިއްޖެއެވެ. މައުލޫމާތު އެނގޭ ފަރާތަކުން ”ސަންދާނަށް“ ބުނީ، އަލަމްގިރި އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހުންނާއި ބައެއް ބިދޭސީންގެ އިތުރުން ބައެއް ޒުވާނުންވެސް ހިމެނޭ ކަމަށެވެ. އެނގިފައިވާ ގޮތުގައި އަލަމްގިރީގެ މައްސަލައިގެ ތަހުގީގަށް މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް […]

ތުއްތު ކުދިންނަށް ސިހުރު ޖެހިފައިވާ ނަމަ ފެންނާނެ އަލާމާތްތަކާއި އޭގެ ފަރުވާ

ސިހުރާއި އެސްފީނާއާއި ރޫހާނީ އުނދަގޫތަކަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މިފަދަ ކަންކަމުގެ ޝިކާރައަކަށް ތުއްތު ކުދީންވާ ފަހަރުވެސް މަދެއް ނޫނެވެ. ތުއްތު ކުދީން ރޫހާނީ ބަލިމަޑުކަމެއް ތަހައްމަލުކުރާ ނަމަ ބައެއް އަލާމާތްތައް ތަކުރާރުކޮށް ފެންނނެއެވެ. އޭގެ ތެރޭގައި ރޭގަނޑުގެ ވަގުތުގައި ގިނައިން ރޮއެ ހަޅޭލަވައި ހެދުމާއި ހާސްވެގެން އުޅުން ހިމެނެއެވެ. ފެނިދާނެ އެހެން ބައެއް އަލާމާތްތައް؛ ކުއްޖާ ހިކި އަނަރޫފަވެ، ކެއުމާއި ދުރުވުންގިނައިން އާފުރުންމޫނު ރީނދޫވުން.މައިންބަފައިންނަށް ނުކިޔަމަންވެ ބަސްނޭހުމާއި ކުއްޖާގެ އުޅުމަށް ބަދަލު އައުން (މާބޮޑަށް […]

ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ. އަޒާން ފުލުހަށް ހާޒިރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްއަށް އަންއޯތޮރައިޒްޑް އެކްސަސްވެ ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ. އެ މައްސަލައާ ގުޅިގެން އަޒާން މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާނެއް ނަގާފައެވެ. އަޒާން ފުލުހަށް ހާޒިރުކުރުމުން ބައެއް ނޫސްވެރިންނާއި އާއްމު […]

ޝަރުތުކޮށްފައި ޝައިހް ފަޒްލޫން ބަންދުން ދޫކޮށްލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަކަރާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު މިއަދު ދޫކޮށްލައިފިއެވެ. ޝައިހް ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހުގައެވެ. ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ޝައިހް ފަޒްލޫން ހިމެނޭހެން އަށް މީހަކު ދޫކޮށްލާފައިވާއިރު، ޝައިހް ފަޒްލޫނާއެކު، އެ ހަރަކާތުގައި އިސްކޮށް […]

ރައުދާގެ މަރުގެ މައްސަލަ އަލުން ބަލަން ކޯޓުން އަމުރުކޮށްފި

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުން ދަނިކޮށް މަރުވި ދިވެހި ދަރިވަރެއް ކަމަށްވާ ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހްގީގު ކުރަން ބަންގްލަދޭޝްގެ މެޖިސްޓްރޭޓް ކޯޓަކުން އެގައުމުގެ ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ. ބަންގްލަދޭޝްގެ ރާޖްޝާހީ މެޑިކަލް ކޮލެޖްގައި ކިޔަވަމުން ދިޔަ ރައުދާ މަރުވެފައި ވަނިކޮށް ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ހޮސްޓެލްގެ ކޮޓަރީގައި 2017 ވަނަ އަހަރުގެ މާޗް 29 ވަނަ ދުވަހު އެވެ. ރައުދާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެއިރު ނިންމީ އޭނާ މަރުވީ ދަންޖެހިގެން […]

ޝައިހް ނިޝާންގެ ބަންދަށް އިތުރު 16 ދުވަސް ޖަހައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް، ބަންދަށް އިތުރު 16 ދުވަސް ޖަހައިފިއެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ދަނިކޮށް ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ދަނޑަށް ވަދެ އެ ހަރަކާތް ހުއްޓުވައި ބައެއް ތަކެއްޗަށް […]

ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުވާން އަންގައިފި

”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. އަޒާން ފުލުހަށް ހާޒިރުވުމަށް އަންގާ ފޮނުވާފައިވާ ޗިޓުގައި ބުނެފައި ވަނީ އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު އައިޖީއެމްއެޗުގެ ޕޭޝަންޓުލޮގަށް އަން އޮތޮރައިޒްޑް އެކްސަސްވެ، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްލި ކުށުގެ ތުހުމަތާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ 15:00 […]

ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ ހެކި އެބަހުރި: ފުލުސް

ކ. ދިއްފުށީގައި ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރިކަމަަށް ތުހުމަތުކޮށް މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވަނިކޮށް އެ ކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ދިއްފުށީގައި ހިންގި ހަމަނުޖެހުމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަަށެވެ. ”ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަ އާއި ތުހުމަތު […]

މިހާރު އިމާރާތްކުރާ ފްލެޓްތަކުން ކަސްޓަމްސް މުވައްޒަފުންނަށް ފްލެޓް ދޭނަން: ރައީސް

މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)ގެ އޮފިސަރުންނަށް ފުލެޓާއި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުވެސް ހުށަހެޅޭ ބައެއް ކަމަށެވެ. އެހެންވެ، އެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ މުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް […]

ދިއްފުށީގައި ފުލުހަކަށް ހަމަލާދިން ޒުވާނަކު ހައްޔަރުކޮށްފި

ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ކ. ދިއްފުށީ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަހުގެ 14 ވަނަ ދުވަހުގެ ވިލޭރޭ ދިއްފުށީގައި މީހަކަށް އަނިޔާ ކުރަނިކޮށް އެކަން ހުއްޓުވަން އުޅުނު ފުލުހަކަށް އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެރޭ ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިފައެވެ. ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ، ގއ، ވިލިނގިއްޔަށް ނިސްބަތްވާ މީހަކަށް އަނިޔާކޮށް ވަނީ […]