މާމަގެ ލާރިފުޅިން އެއް ރުފިޔާ ނެގުމުން، ބަރަހަނާކޮށް އެލުވީ ގަހެއްގައި

އެއީ، 2003ގެ ކުރީ ކޮޅެވެ. އެއިރު، ހަސަން އުމަރު (އަސްލު ނަމެއް ނޫން)ގެ އުމުރުން އެންމެ ހަތް އަހަރެވެ. އެއިރު ރަށްފުށުގެ ދިރިއުޅުން އޮންނަ ގޮތުން، ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނަކީ ފިރިހެން ކުދިން ފުޓުބޯޅަ ކުޅެން ދަނޑަށް ދާ ދުވަހެވެ. ހުސްފަޔާ، ހަސްފަސްވެފައި އޮންނަ ބޯޅައެއްގައި ހިރަފުހުން ފުރިފައިވާ ދަނޑުގައި ކުޅުމަކީ ހަސަންވެސް ކޮންމެ ހުކުރެއްގައި ކުރާ ކަމެކެވެ. އެއް ދުވަހެއްގައި ކުޅެ ނިންމާފައި، ހަސަންއާއި އޭނާގެ ރަށްޓެހިން ތިބީ ވަރުބަލި ފިލުވާލުމަށް ރަށުގެ އަތިރިމަތީގައި […]
ދައުލަތުގެ ރިޒާވު ބޮޑުތަނުން ދަށަށް ގޮސްފި

ދައުލަތުގެ ރަސްމީ ރިޒާވް ޖުލައި މަހުގެ ނިޔަލަށް 282 މިލިއަން ޑޮލަރަށް ވެއްްޓިއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗު މަހުގެ ނިޔަލަށް 865 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވު ވަނީ ޖެހިޖެހިގެން ހަތަރު މަހު ދަށަށް ގޮސްފައެވެ. އެމްއެމްއޭއިން ދީފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާއިރު ޖުލައިގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 282 މިލިއަން މިލިއަން ރުފިޔާ އެވެ. ފާއިތުވި ހަ އަހަރު ދުވަހުގެ […]
ހަތަރު ދުވަސްފަހުން ލަންދޫ ބޯޓު ފުންކޮށްފި

މިދިޔަ ބުދަ ދުވަހު ކ. ގާފަރު ފަރަށްއެރި ލަންދޫ ބޯޓު ހަތަރު ދުވަހަށްފަހު މިއަދު ފުންކޮށްފިއެވެ. ގިނަ އަދަދެއްގެ މީހުންނާއި މުދަލާއެކު މާލޭން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަނިކޮށް، ލަންދޫ ބޯޓު ގާފަރު ފަރަށް އެރީ މިދިޔަ ބުދަ ދުވަހުއެވެ. ލަންދޫ ބޯޓު ފުންކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ ބޯޓު ފުންކޮށްފައިވަނީ ގާފަރުގެ ރައްޔިތުންނާއި ނ އަތޮޅުން އެ ބޯޓު ފުންކުރަން އައި މީހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ. ލަންދޫ ބޯޓު ފުންކޮށްފައިވާއިރު، އެ ބޯޓު […]
ނޫސްވެރިކަމުގެ އިނާމަށް 82 ހުށަހެޅުން

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މި ފަހަރު 82 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލްއިން ބުނެފި އެވެ. މިފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލި އެވެ. އޭގެ ތެރޭގައި އިންވެސްޓިގޭޓިވް، ދެމެހެއްޓެނިވި ތަރައްގީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގްތިސާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ފީޗާ، ގްރެފިކްސް އަދި އިލެސްޓްރޭޝަންސް، އޯޑިއޯ ޖާނަލިޒަމް، އުއްމީދީ ނޫސްވެރިޔާ އަދި އެންމެ މޮޅު ނޫސްވެރިޔާގެ […]
ހިޔާ ޓަވަރެއްގެ 13 ވަނަ ބުރިން އަންހެނަކު ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފި

ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން ވެއްޓެން އުޅުނު މީހަކު ސަލާމަތްކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ފްލެޓަކުން ވެއްޓެން އުޅެނިކޮށް ސަލާމަތްކުރީ 18 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ. އެ ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނައިރު ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ އޮތީ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގެ ބެލްކަނީގެ ދަގަނޑުތަކުގައި އެލިގެންނެވެ. މިއީ ހިޔާގެ އެއްވަނަ ޓަވަރުގައި ހިނގި ހާދިސާއެކެވެ.
ޑިޕްރެޝަންއަށްދާ ސަބަބުތަކާއި އެކަމުގެ ފަރުވާ

ޑިޕްރެޝަންއަކީ ނުވަތަ މާޔޫސް ބައްޔަކީ ކަންކަން ކުރުމުގެ މޫޑު ނެތުމާއި ތިމާގެ ވިސްނުމާ ފިކުރާ އިހްސާސްތަކާ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަމުން ދުރުވާކަމެކެވެ. ޑިޕްރެޝަންގެ ތަފާތު ބާވަތްތައްވެއެވެ. ޑިޕްރެޝަންގެ އެންމެ ނުރައްކާތެރި ވައްތަރަކީ ”މޭޖާ ޑިޕްރެޝަން“އެވެ. ޑިޕްރެޝަނަކީ އެތައް ބަޔަކު ތަހައްމަލުކުރަމުންދާ ކަމެކެވެ. އެތައް ސަބަބުތަކަކާ ހުރެ ޑިޕްރެޝަން ތަހައްމަލުކުރާ މީހުން އުޅޭއިރު ޑިޕްރެޝަނަކީ އެތައް ފުރާނައެއް މިދުނިޔެއާ ވަކިކޮށްލާފައިވާ ނުރައްކާތެރި ކަމެކެވެ. އަމިއްލައަށް މަރުވުމާއި ނަފްސަށް ގެއްލުން ދިނުން ފަދަ ކަންކަން ގިނައިން ކޮށް […]
އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުވާ ނަޝީދުގެ ޝަރީއަތް މިއަދު ފަށަނީ

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް، 25އ އާއިއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ޝަރީއަތުގެމާދަމާ ކްރިމިނަލް ފަށަން ތައްޔާރުވެއްޖެއެވެ. އޭނާގެ އަޑުއެހުން އޮތީ މާދަމާ މެންދުރު ފަހު 3:30 ގައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެއްޖިންސުން ގުޅުން ހިންގި ކުށުގެ ދައުވާއެވެ. މި ޝަރީއަތް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދު މީގެ ކުރިން […]
ދަތް އެޅުން: މީ މަޖަލަކަށްވެސް ކުރާވަރު ކަމެއް ނޫން، ގެއްލުން އިންތިހާއަށް ބޮޑު!

އިންސާނުން އިންސާނުންގެ ގައިގައި ދަތް އެޅުމަކީ ވަރަށް އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. ބައެއް ފަހަރު ސަކާރާތެއްގެ ތެރެއިން ދަތް އަޅާއިރު، ޒުވާބެއްގެ ތެރެއިންވެސް ދަތް އަޅައެވެ. ނަމަވެސް މިއީ ހީކުރާވަރަށް ވުރެ ނުރައްކާތެރިކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އިންސާނުން ދަތް އެޅުމުގެ ސަބަބުން، އަގައިގައި އެކުލެވޭ ބެކްޓީރިއާއި ވައިރަސްގެ ސަބަބުން އެ ދަތް އަޅާތަނެއް އިންފެކްޓްވުމުގެ ފުރުސަތު އޮވެއެވެ. އާއްމުގޮތެއްގައި މިބާވަތުގެ އިންފެކްޝަން އެންމެ ގިނައިން ފެންނަނީ ކުޑަކުދިންގެ ފަރާތުންނެވެ. އެމެރިކާގެ އެކެޑެމީ އޮފް އޯރތޮޕެޑިކްސް […]
މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނަން: ފުލުހުން

ޖިނާއީ ކުށްތަކުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާ މީހުންގެ މައްސަލަތައްވެސް ބަލައި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ. ހުޅުމާލޭ ދެ ވަނަ ފޭސްގައި ރޭގެ ވަގުތެއްގައި ފިރިހެން ޓީޗަރަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އޭނާއަށް އަނިޔާކުރީ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށެވެ. އެކަމާ ގުޅިގެން ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ކުށްތަކަށް އަރައި ގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް […]
ވެރިއަކު ނެތި އެތައް ދުވަހެއް، ވޭމަންޑޫ ރައްޔިތުންނަށް މީ ބޮޑު ތުރާލެއް!

ކޮޅުމަޑުލު ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރިފަރާތް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. ވޭމަންޑޫ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ރަށު އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅަނގުފަރާތު ފަޅުގައި އަޅާފައިވާ ފައިބަރު ބޯޓެއް ވާކަނޑައިގެންގޮސް އެރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުން ބޯޓުގެ ވެރިފަރާތް ހޯދިފައި ނުވާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ ބޯޓުގެ ވެރިފަރާތުން އެކަން […]