އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުވާ ނަޝީދުގެ ޝަރީއަތް މިއަދު ފަށަނީ

Loading

Facebook
Twitter
WhatsApp
ކާނަލް ނަޝީދު-- ފޮޓޯ: މިހާރު

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް، 25އ އާއިއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ޝަރީއަތުގެމާދަމާ ކްރިމިނަލް ފަށަން ތައްޔާރުވެއްޖެއެވެ.

އޭނާގެ އަޑުއެހުން އޮތީ މާދަމާ މެންދުރު ފަހު 3:30 ގައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެއްޖިންސުން ގުޅުން ހިންގި ކުށުގެ ދައުވާއެވެ. މި ޝަރީއަތް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދު މީގެ ކުރިން ހައްޔަރުވެސްކުރިއެެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

އަލަމްގީރްއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ނަޝީދު ހިމެނޭހެން ތިން މީހަކު ހައްޔަރު ކުރިއެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއުއެވެ.

އަލަމްގީރްގެ ޝަރީއަތް އިއްޔެ ވަނީ ފަށައިފައެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް