ދައުލަތުގެ ރިޒާވު ބޮޑުތަނުން ދަށަށް ގޮސްފި

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ރަސްމީ ރިޒާވް ޖުލައި މަހުގެ ނިޔަލަށް 282 މިލިއަން ޑޮލަރަށް ވެއްްޓިއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗު މަހުގެ ނިޔަލަށް 865 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވު ވަނީ ޖެހިޖެހިގެން ހަތަރު މަހު ދަށަށް ގޮސްފައެވެ.

އެމްއެމްއޭއިން ދީފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާއިރު ޖުލައިގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 282 މިލިއަން މިލިއަން ރުފިޔާ އެވެ.

ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވުގައި އެންމެ ގިނަ އަދަދަކަށް ހުރީ މިދިޔަ އަހަރުއެވެ. އެއީ 412.58 މިލިއަން ޑޮލަރެވެ.

ދައުލަތުގެ ރިޒާވް ދަށްވެފައި މިވަނީ، ދުނިޔޭގެ އިގްތިސޯދަށް އައި ލޮޅުންތަކާއެކު ތަކެތީގެ އަގު، ހާއްސަކޮށް ތެލުގެ އަގު އުފުލުމުންނެެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް