ނޫސްވެރިކަމުގެ އިނާމަށް 82 ހުށަހެޅުން

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މި ފަހަރު 82 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލްއިން ބުނެފި އެވެ.

މިފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލި އެވެ.

އޭގެ ތެރޭގައި އިންވެސްޓިގޭޓިވް، ދެމެހެއްޓެނިވި ތަރައްގީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގްތިސާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ފީޗާ، ގްރެފިކްސް އަދި އިލެސްޓްރޭޝަންސް، އޯޑިއޯ ޖާނަލިޒަމް، އުއްމީދީ ނޫސްވެރިޔާ އަދި އެންމެ މޮޅު ނޫސްވެރިޔާގެ ކެޓަގަރީ ހިމެނެ އެވެ.

އޭގެ ތެރެއިން ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާއަކީ އަލަށް އިނާމު ދިނުމަށް ނިންމާފައިވާ ދެ ދާއިރާއެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއަކުން 82 ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމާށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް