ހަތަރު ދުވަސްފަހުން ލަންދޫ ބޯޓު ފުންކޮށްފި

Loading

Facebook
Twitter
WhatsApp

މިދިޔަ ބުދަ ދުވަހު ކ. ގާފަރު ފަރަށްއެރި ލަންދޫ ބޯޓު ހަތަރު ދުވަހަށްފަހު މިއަދު ފުންކޮށްފިއެވެ.

ގިނަ އަދަދެއްގެ މީހުންނާއި މުދަލާއެކު މާލޭން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަނިކޮށް، ލަންދޫ ބޯޓު ގާފަރު ފަރަށް އެރީ މިދިޔަ ބުދަ ދުވަހުއެވެ.

ލަންދޫ ބޯޓު ފުންކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ ބޯޓު ފުންކޮށްފައިވަނީ ގާފަރުގެ ރައްޔިތުންނާއި ނ އަތޮޅުން އެ ބޯޓު ފުންކުރަން އައި މީހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ.

ލަންދޫ ބޯޓު ފުންކޮށްފައިވާއިރު، އެ ބޯޓު ފުންކޮށްފައިވަނީ ބޯޓުގެ ގެގަނޑު ކަފާލުމަށްފަހު އެ ގެގަނޑު ނަގައިގެންނެވެ.

ލަންދޫ ބޯޓު މިހާރު އޮތީ ގާފަރުގެ ބަނދަރު ތެރޭގައެވެ.

ލަންދު ބޯޓު ގާފަރު ފަރަށް އެރީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭރު ބޯޓުގައި 35 މީހުން ތިއްބެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް