ހިޔާ ޓަވަރެއްގެ 13 ވަނަ ބުރިން އަންހެނަކު ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފި

Loading

Facebook
Twitter
WhatsApp

ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން ވެއްޓެން އުޅުނު މީހަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ފްލެޓަކުން ވެއްޓެން އުޅެނިކޮށް ސަލާމަތްކުރީ 18 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

އެ ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނައިރު ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ އޮތީ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގެ ބެލްކަނީގެ ދަގަނޑުތަކުގައި އެލިގެންނެވެ.

މިއީ ހިޔާގެ އެއްވަނަ ޓަވަރުގައި ހިނގި ހާދިސާއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް