މިއަހަރު 10 ލައްކަ މުސްލިމުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނެ

މި އަހަރު ޙައްޖުގެ އަޅުކަމުގައި 10 ލައްކައަށްވުރެ ގިނަ މުސްލިމުން ބައިވެރިވާނޭކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.  ޛުލްޙައްޖު މަސް ފެށުމާއެކު ޙައްޖުވެރިން ވަނީ މައްކާއަށް ދާންފަށާފައެވެ. މިހާތަނަށް 4 ލައްކައަށްވުރެ ގިނަ މީހުން ވަނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައެވެ.  ކޮރޯނާ ވައިރަހާ ގުޅިގެން ފާއިތުވި ދެ އަހަރު ބޭރުގައުމުތަކުގެ މީހުން ޙައްޖަށް ދިއުން ވަގުތީގޮތުން ބަނދުކުރެވިފައި އޮތުމަށް ފަހު މިއަހަރު ވަނީ ބޭރު މީހުންނަށް ވެސް ޙައްޖަށް ދިއުމުގެ ދޮރު ހުޅުވާލެވިފަ އެވެ. ފާއިތުވި ދެ އަހަރު […]

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ކުލަބެއްގައި 2 މީހުން މަރާލައިފި 

ނޯވޭގެ ވެރިރަށް އޯސްލޯގައި އެއްޖިންސުން ގުޅުން ހިންގާ މީހުން އެއްވެ އުޅޭ ކުލަބެއްގައި ބަޑިޖަހައި ދެ މީހުން މަރާލައިފި އެވެ. ޚަބަރު ލިބިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގާ މީހުން އެއްވެ އުޅޭ އެ ކުލަބަކަށް ބަޑި ހިފައިގެން ހުރި މީހަކު ވަދެ ދެ މީހުން މަރާލި ހާދިސާގައި ބަޑި ޖެހުމުގެ ސަބަބުން 21 މީހުން ޒަޚަމްވެފައި ވެސް ވެއެވެ. ފުލުހުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ހަތިޔާރު އަތުލާފައެވެ. އަދި ފުލުހުން ވަނީ ބަޑި ޖަހައި ދެ މީހުން މަރައި 21 މީހުން ޒަޚަމްކުރި މީހާގެ […]

ޔޫކްރޭން ހަނގުރާމަ: އެމެރިކާއިން 6 ބިލިއަން ޑޮލަރުގެ ހަތިޔާރު ޔޫކްރޭނަށް ދީފި

ރަޝިޔާއިން ޔޫކުރޭނާ ހަނގުރާމަ ފެށިތާ 4 މަސް ފުރިއްޖެއެވެ. މިހާރު ހަނގުރާމައިގެ އެންމެ މުހިންމު ސަރަހައްދަކަށް ވެފައި ވަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގެ ޑޮންބާސް އެވެ. ޔޫކްރޭންގެ ރައީސްގެ އޮފީހުން ހާމަކުރި ގޮތުގައި އެ ސަރަހައްދުގައި ކުރަމުންދާ ހަނގުރާމައިގެ ނުރައްކަލާއި ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ރަޝިޔާގެ ސަރަހައްދުތަކަށް ހުޅަނގުގެ ގައުމުތަކުން ޔޫކްރޭން މެދުވެރިކޮށް ބާރު ފޯރުވަން މަސައްކަތް ކުރަމުންދާތީ އެ ކަން ހުއްޓުވައި އެމެރިކާއާއި ހުޅަނގުގެ ވަކިތަކުން ރަޝިއާ ދިފާއުކުރުމަށެވެ. ހަނގުރާމަ […]

އީރާނުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 105 މީހުން ދަންޖައްސައިފި

އީރާނުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 105 މީހުން ދަންޖައްސާފައި ވާކަމަށް އދ. އިން ބުނެފިއެވެ. ޖެނީވާގައި ބޭއްވި ބައްދަލުވުމަކަށް އދ. ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓުރެސް އިސްވެ ހުންނަވައިގެން ތައްޔާރުކުރައްވައި ހުށަހެޅުއްވި ރިޕޯޓެއްގައި އީރާނުން ގިނަ އަދަދެއްގެ ބަޔަކު ދަންޖައްސަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން އެ ރިޕޯޓު ހުށަހެޅުއްވީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ނައިބު ރައީސް ނަދާ އަލްނާޝިފް އެވެ. އޭނާ ވިދާޅުވިގޮތުގައި މި […]

އެމެރިކާގެ ރައީސް ބައިސިކަލުން ވެއްޓިވަޑައިގަތުން: ބޮޑު ވެއްޓިވަޑައިގަތުމެއް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިސިކަލެއްގައި ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް ބިންމައްޗަށް ވެއްޓިވަޑައިގެންފިއެވެ. އެ މަންޒަރު މިހާރު ވަނީ މުޅިދުނިޔެއަށް ފެތުރިގެން ގޮސްފައެވެ.  އުމުރުފުޅުން 79 އަހަރުފުޅުގެ ބައިޑެން ވެއްޓިވަޑައިގަތުމާއެކު ހަށިފާރުވެރިއެއްގެ އެހީގައި ފުންމައިގެން ތެދުވެވަޑައިގެންނެވިއެވެ. ބައިޑެން ވެއްޓިވަޑައިގަތް އިރު އަނބިކަނބަލުން ވެސް އަރިހުގައި ބައިސިކަލްގައި ވަޑައިގެންނެވިއެވެ. ބައިސިކަލް ދުއްވަމުން ގެންދެވީ އެމެރިކާގެ ޑެލަވެއާގެ އަތިރިމައްޗާ ކައިރި ސަރަހައްދެއްގައި ހަދާފައިވާ ޕާކެއްގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ބައިޑެން ވެއްޓިވަޑައިގެންނެވިކަމަށް ވަނީ ފާލުގަނޑުގައި ބޫޓުކޮޅު ތާށިވެ ނުނެއްޓުމުގެ ސަބަބުންނެވެ. ބައިޑެން ތެދުވެވަޑައިގެން ވިދާޅުވިއެވެ. ”އަޅުގަނޑު ރަނގަޅު.“ ދުނިޔޭގެ އެންމެ […]

ގައުމީ ސަލާމަތަށް ނުރައްކާ: އެމެރިކާއިން ޔޫކްރޭނަށް ޑްރޯން ނުވިއްކާނެ، ނުވެސް ދޭނެ 

އެމެރިކާއިން ޔޫކްރޭނަށް ކުރިން ވިއްކަން ކަނޑައަޅާފައިވާ މިސައިލު ބޭނުންކޮށްގެން ހަމަލާ ދެވޭވަރުގެ ބޮޑު ހަތަރު ޑްރޯން ގައުމީ ސަލާމަތަށް ނުރައްކައު ވެދާނެ ކަމަށް ބަލައި ޔޫކްރޭނަށް ނުވިއްކާ ގޮތަށް އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި އެމެރިކާގެ ޑްރޯން ޔޫކްރޭނަށް ނުވިއްކާ ގޮތަށް ނިންމީ އެއިން ޑްރޯނެއް ދުޝްމަނުންގެ އަތްދަށަށް ހިނގައްޖެނަމަ އޭގެ ބޭނުންކޮށްގެން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކޮށްފާނެތީއެވެ. އެމެރިކާގެ ދިފާއީ ވުޒާރާގެ އިސްބޭފުޅަކު ވިދާޅުވިގޮތުގައި ޑްރޯންގައި ހަރުކޮށްފައިވާ ރާޑައާއި އެހެން […]

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކެނެޑާއިން އައު އުކުޅެއް ބޭނުންކުރަން ފަށައިފި

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކެނެޑާއިން އައު އުކުޅެއް ބޭނުންކުރަން ފަށައިފިއެވެ. ދުންފަތުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކެނެޑާއިން އަލަށް ފެށި މަސައްކަތަކީދުންފަތުން ލިބޭ ގެއްލުން ސިނގިރޭޓު ފޮށީގެ ބޭރުގައި ޖެހުމުގެ ބަދަލުގައި ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކަ ކޮންމެ ސިނގިރޭޓެއްގައި ލިއުމެވެ. ކެނެޑާއަކީ ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކަ ސިނގިރޭޓުގައި ލިޔަން ފެށި ފުރަތަމަ ގައުމެވެ. ދުންފަތުން ސިއްހަތަށް ލިބޭ ގެއްލުމާ ބެހޭ ފޮޓޯއެއް ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހައިގެން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކެނެޑާއިން ފެށީ […]

އިންޑިއާގައި ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށްފުރައްސާރަކުރުން: ހިންދޫން ހިންގާ ބޮޑު ޖަރީމާއެއް

ހައްދުފަހަނާޅައިފައިވާ ހިންދޫންނާއި އިންޑީއާގައި ވެރިކަން ކުރަމުންދާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް ބައެއް މީސްމީހުން ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ފިތުނަ އުފައްދަމުންދަތާ ލައްކަ ދުވަސް ވެއްޖެއެވެ. އިންޑިއާގެ މުސްލިމުން މަރަމުން މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި ސުންނާފަތި ކުރަމުން ދާތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. މުސްލިމު އަންހެނުންގެ ބުރުގާއާ ދިމާކޮށް މުސްލިމް އަންހެނުންގެ އަބުރާއި އިއްޒަތަށް އަރައި ގަތުމާއި މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި މިސްކިތްތައް ތަޅައި ބިމާ ހަމަކުރުމަކީ އިންޑިއާގައި އާންމުކަމަކަށް ވެއްޖެއެވެ. ކަޝްމީރުގައި ހިންގަނީ ގަތުލު […]

މެކްސިކޯގައި އީ ސިނގިރޭޓް ބޭނުންކުރުން މަނާކޮށްފި 

މެކްސިކޯގައި އީ ސިނގިރޭޓު ބޭނުން ކުރުން މަނާކޮށްފިއެވެ. އެކަން މަނާކުރީ ނެރުނު ރިޔާސީ ގަރާރަކުންނެވެ. އީ ސިނގިރޭޓުގެ އިތުރަށް ވެޕިން ޑިވައިޒްތައް ބޭނުންކުރުން ވެސް މިހާރު ވަނީ މަނާކުރެވިފައެވެ. މެކްސިކޯގެ ރައީސް އަންދުރޭ މެނުއެލް ވިދާޅުވީ އީ ސިނގިރޭޓަކީ ދުންފަތުން ލިބޭ ގެއްލުން ނުލިބޭނޭކަމަށް ބުނެ ސިނގިރޭޓުގެ ބަދަލުގައި ބޭނުންކޮށް އުޅޭ އެއްޗެއްކަމަށާއި އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.  މެކްސިކޯގެ ރައީސް ވިދާޅުވީ ވެޕިން ޑިވައިސްބޭނުންކުރުމުގެ އިތުރަށް އެއިން ނިކުންނަ ދުމަކީ ވެސް ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން […]

އިންޑިއާގެ ސިފައިން މިދިޔަ މޭ މަހު ކަޝްމީރުގެ 32 މީހުން ޝަހީދުކޮށްލި 

އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިވާ ކަޝްމީރުގައި އިންޑިއާ ސިފައިން މިދިޔަ މޭ މަހު ހިންގި އެކިއެކި ހަރަކާތްތަކުގައި ކަޝްމީރުގެ 32 މީހުން ޝަހީދުކޮށްލާފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.   އިންޑިއާގެ ސިފައިން ބުނާ ގޮތުގައި މަރުވި 32 މީހުންނަކީ ޓެރަރިސްޓުންނެވެ. ނަމަވެސް ކަޝްމީރުގެ މުސްލިމުންގެ އެކިއެކި އިދާރާތަކުން ހާމަކުރާ ގޮތުގައި އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައި ވަނީ ކަޝްމީރުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދިޔަ މުޖާހިދުންނެވެ. ކަޝްމީރު މީޑިއާގެ ރިސާޗު ސެކްޝަނުން ބުނިގޮތުގައި މި ޖޫން މަހުގެ ފުރަތަމަ ދުވަހު ވެސް އިންޑިއާގެ އަނިޔާވެރި ސިފައިން ވަނީ […]