އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ކުލަބެއްގައި 2 މީހުން މަރާލައިފި 

Loading

Facebook
Twitter
WhatsApp

ނޯވޭގެ ވެރިރަށް އޯސްލޯގައި އެއްޖިންސުން ގުޅުން ހިންގާ މީހުން އެއްވެ އުޅޭ ކުލަބެއްގައި ބަޑިޖަހައި ދެ މީހުން މަރާލައިފި އެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އެއްޖިންސުން ގުޅުން ހިންގާ މީހުން އެއްވެ އުޅޭ އެ ކުލަބަކަށް ބަޑި ހިފައިގެން ހުރި މީހަކު ވަދެ ދެ މީހުން މަރާލި ހާދިސާގައި ބަޑި ޖެހުމުގެ ސަބަބުން 21 މީހުން ޒަޚަމްވެފައި ވެސް ވެއެވެ.

ފުލުހުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ހަތިޔާރު އަތުލާފައެވެ. އަދި ފުލުހުން ވަނީ ބަޑި ޖަހައި ދެ މީހުން މަރައި 21 މީހުން ޒަޚަމްކުރި މީހާގެ އަމަލުތަކަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ކަނޑައަޅާފައެވެ. އަދި އެ ހަމަލާ ދިން މިހާއާއި އެ ހަމަލާއާ ގުޅޭ މައުލޫމާތު އެނގޭނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް ވެސްއާއްމުންގެ ކިބައިން ވަނީ އެދިފައެވެ.

ނޯވޭއަކީ އެއްޖިންސުން ގުޅުން ހިންގުމުގެ ނުރައްކާތެރި އަދި ހަޑި ހުތުރު އަމަލު ފުޅާދާއިރާއެއްގައި ކުރަމުންދާ މީހުން ގިނަ ގައުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް