މިއަހަރު 10 ލައްކަ މުސްލިމުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނެ

Loading

Facebook
Twitter
WhatsApp


މި އަހަރު ޙައްޖުގެ އަޅުކަމުގައި 10 ލައްކައަށްވުރެ ގިނަ މުސްލިމުން ބައިވެރިވާނޭކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ. 

ޛުލްޙައްޖު މަސް ފެށުމާއެކު ޙައްޖުވެރިން ވަނީ މައްކާއަށް ދާންފަށާފައެވެ. މިހާތަނަށް 4 ލައްކައަށްވުރެ ގިނަ މީހުން ވަނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައެވެ. 

ކޮރޯނާ ވައިރަހާ ގުޅިގެން ފާއިތުވި ދެ އަހަރު ބޭރުގައުމުތަކުގެ މީހުން ޙައްޖަށް ދިއުން ވަގުތީގޮތުން ބަނދުކުރެވިފައި އޮތުމަށް ފަހު މިއަހަރު ވަނީ ބޭރު މީހުންނަށް ވެސް ޙައްޖަށް ދިއުމުގެ ދޮރު ހުޅުވާލެވިފަ އެވެ. ފާއިތުވި ދެ އަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ހުއްދަ ދެވުނީ ސަޢުދީ ޢަރަބިޔާގައި ދިރިއުޅެމުން ދިޔަ ވަރަށް މަދު ޢަދަދެއްގެ ބަޔަކަށެވެ. އެހެންވެ މި އަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ނަސީބު ލިބުނު މީހުން އަޅުކަމުގައި ބައިވެރިވާން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރީ އުފަލުން ފުރިފައިތިބެގެންނެވެ.

ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާން ވިދާޅުވިގޮތުގައި އަންނަ އަހަރު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ތިން މިލިއަން މީހުންނަށް ސަޢުދީ ޢަރަބިއްޔާއަށް ދިއުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަށް އެ ގައުމަށް ދާ މުސްލިމުންނަށް ވަރަށް ފުރިހަމައަށް ހުރިހާކަމެއް ހަމަޖެހިގެންދާނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް