ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކެނެޑާއިން އައު އުކުޅެއް ބޭނުންކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކެނެޑާއިން އައު އުކުޅެއް ބޭނުންކުރަން ފަށައިފިއެވެ.

ދުންފަތުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކެނެޑާއިން އަލަށް ފެށި މަސައްކަތަކީދުންފަތުން ލިބޭ ގެއްލުން ސިނގިރޭޓު ފޮށީގެ ބޭރުގައި ޖެހުމުގެ ބަދަލުގައި ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކަ ކޮންމެ ސިނގިރޭޓެއްގައި ލިއުމެވެ. ކެނެޑާއަކީ ދުންފަތުން ލިބޭ ގެއްލުމުގެ ވާހަކަ ސިނގިރޭޓުގައި ލިޔަން ފެށި ފުރަތަމަ ގައުމެވެ.

ދުންފަތުން ސިއްހަތަށް ލިބޭ ގެއްލުމާ ބެހޭ ފޮޓޯއެއް ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހައިގެން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކެނެޑާއިން ފެށީ 2001 ގައެވެ.

ކެނެޑާގެ މެންޓަލް ހެލްތު އެންޑް އެޑިކްޝަން މިނިސްޓަރ ކެރޮލިން ބެނެޓު ވިދާޅުވިގޮތުގައި  ސިނގިރޭޓް ފޮށީގައި ހޭލުންތެރިކުރުމަށް ޖަހަމުންދާ ފޮޓޯ މިހާރު ވަނީ ސިނގިރެޓް ބޯ މީހުންނަށް މުސްކުޅި ފޮޓޯއަކަށް ވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އައު ގޮތެއް ޚިޔާރުކުރަން ޖެހުނީ ސިނގިރޭޓު ބޯ މީހުންގެ ސަމާލުކަން ހޯދައި އެމީހުން އިތުރަށް ހޭލުންތެރިކުރުމަށެވެ.

ކެނެޑާގެ ބޮޑުވަޒީރު: ގައުމަށް ހެއު ބަދަލު ގެންނަވާ

ކެނެޑާގެ ސިއްހީ ދާއިރާގެ ކަމާބެހޭ އިސް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ސިނގިރޭޓު ފޮށީގެ ބޭރުގައި ހޭލުންތެރިކުރުމަށް ފޮޓޯއެއް ޖެހުމަށްވުރެ ކޮންމެ ސިނގިރޭޓެއްގައި ހޭލުންތެރިކުރުވުމުގެ ވާހަކައެއް ލިއުމުން ކުރާ އަސަރު ބޮޑުވާނެއެވެ.

ކެނެޑާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ފާއިތުވި އަހަރުތަކުގައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށް ވިޔަސް ކެނެޑާގެ ވަރަށްގިނަ ބަޔަކު ބަލިވުމާއި އަވަހަށް މަރުވުމުގެ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކޮންމެ އަހަރަކު ކެނެޑާގައި ގާތްގަނޑަކަށް 48 ހާސް މީހުން މަރުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް