އިންޑިއާގައި ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށްފުރައްސާރަކުރުން: ހިންދޫން ހިންގާ ބޮޑު ޖަރީމާއެއް

Loading

Facebook
Twitter
WhatsApp

ހައްދުފަހަނާޅައިފައިވާ ހިންދޫންނާއި އިންޑީއާގައި ވެރިކަން ކުރަމުންދާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސް ބައެއް މީސްމީހުން ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ފިތުނަ އުފައްދަމުންދަތާ ލައްކަ ދުވަސް ވެއްޖެއެވެ. އިންޑިއާގެ މުސްލިމުން މަރަމުން މުސްލިމުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހައި ސުންނާފަތި ކުރަމުން ދާތާ ވެސް އެތައް އަހަރެއް ވެއްޖެއެވެ. މުސްލިމު އަންހެނުންގެ ބުރުގާއާ ދިމާކޮށް މުސްލިމް އަންހެނުންގެ އަބުރާއި އިއްޒަތަށް އަރައި ގަތުމާއި މިސްކިތްތަކުގެ ހުރުމަތް ކެނޑުމާއި މިސްކިތްތައް ތަޅައި ބިމާ ހަމަކުރުމަކީ އިންޑިއާގައި އާންމުކަމަކަށް ވެއްޖެއެވެ. ކަޝްމީރުގައި ހިންގަނީ ގަތުލު އާންމެވެ. މުސްލިމަކަށް ވީތީ އިންޑިއާގެ މުސްލިމުންނަށް ވަނީ ހިންދޫންގެ އަނިޔާއާއާ ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހިފައެވެ. މުސްލިމުންގެ ހައްގުތަކަށް އަރައި މުސްލިމުން އެންމެ ގިނައިން ޝަހީދުކުރަމުން ދަނީ އިންޑިއާއާއި ޔަހޫދީ އިޒުރޭލުންނެވެ.    

މިދިޔަ މޭ މަހުގެ ފަހުކޮޅު ބީޖޭޕީގެ ދެ ތަރުޖަމާނަކު ވަނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށާއި އިސްލާމް ދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައެވެ. އެކަމާގުޅިގެން އިންޑިއާގެ މުސްލިމް ޖަމާޢަތަކުން ވަނީ އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް ގެނެސްފައެވެ. ނަތީޖާއަކަށްވީ އިސްލާމީ ގައުމުތަކުންނާއި އިސްލާމީ ޖަމާއަތްތަކުން އެކަން ވަރަށް ބޮޑަށް ކުށްވެރިކުރުމެވެ. ބައެއް ގައުމުތަކުން އެގައުމުތަކުތައި ތިއްބެވި އިންޑިއާ ސަފީރުން ޚާރިޖީ އޮފީހަށް ގެންދަވައި އެކަމާ ނުރުހުން ފާޅުކުރެއްވިއެވެ. އަނެއްބައި ގައުމުތަކުންނާއި އިސްލާމީ ޖަމާޢަތްތަކުން ބީޖޭޕީގެ އިސްވެރިން އެކުރެއްވި ހަޔާތްކުޑަ އަމަލު ކުށްވެރިކުރައްވައި ބަޔާންތައް ނެރުއްވިއެވެ. އަދި ބައެއް ގައުމުތަކުގެ މުސްލިމުން މަގުމައްޗަށް ނިކުމެ އެކަމާ ދެކޮޅަށް އަޑުއުފުލިއެވެ. އަރަބި އަދި މުސްލިމު ގައުމުތަކުގެ ތެރެއިން އެކަމާ ދެކޮޅަށް އެންމެ ގަދަބަސް ބުނެ ނުރުހުން ފާޅުކުރީ އީރާނުންނެވެ. ޤަޠަރުން ވެސް އެކަން ވަރަށް ހަރުކަށިގޮތެއްގައި ކުށްވެރިކުރިއެވެ.

ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނޫޕޫރު ޝަރުމާ އާއި ދިއްލީގެ ތަރުޖަމާނު ނަވީން ކުމާރު ޖަންދާލު ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށާއި އިސްލާމް ދީނަށް  ފުރައްސާރަކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް މުސްލިމު އުއްމަތް ކެކިއަރަން ފެށުމުން ބީޖޭޕީން ދިއްލީގެ ތަރުޖަމާނު ނަވީން ކުމާރު ޖަންދާލު ޕާޓީން ވަކިކުރިއެވެ. އަދި ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނޫޕޫރު ޝަރުމާ ޕާޓީން ސަސްޕެންޑު ކުރިއެވެ. އެއީ އަނދަމުން ދިޔަ އަލިފާންގަނޑު މައިތިރިކުރަން އެޅި ފިޔަވަޅެކެވެ. އެކަމާ ގުޅިގެން ބީޖޭޕީން އަދި ބޮޑު ވަޒީރު މޯދީގެ ސަރުކާރުން އެއްޗެއް ނުބުނެ ތިބީ ހިމޭނުންނެވެ. މި ވަގުތު ހަނދާން ކުރަންވީ ޕާޓީތަކުގެ ތަރުޖަމާނުންގެ އަޑަކީ ޕާޓީގެ އަޑުކަމެވެ. ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށާއި އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ ބީޖޭޕީން ގަސްތުގައި ރާވައިގެން ހިންގި މުޑުދާރު އަމަލެކެވެ

ބީޖޭޕީގެ ދިއްލީގެ ތަރުޖަމާނު ނަވީން ކުމާރު ޖަންދާލު އަދި ގައުމީ ތަރުޖަމާނު ނޫޕޫރު ޝަރުމާ 

ބައެއް ފަރާތްތަކުން ބަޔާންކުރާ ގޮތުގައި ހައްދުފަހަނަޅާފައިވާ ހިންދޫން ހީކޮށްގެން ތިބީ ކީރިތި ރަސޫލާ މުޙައްމަދު ﷺއަށާއި އިސްލާމް ދީނަށް ހިންދޫން ފުރައްސާރަކުރުމާއެކު އިންޑިއާގެ މުސްލިމުން ބަންގާޅުގައި ހަދާގޮތަށް މަގުމައްޗަށް ނިކުމެ ހަމަނުޖެހުން ހިންގާނޭކަމަށެވެ. އެހާ ހިސާބުން އިންޑިއާގެ ހިންދޫންގެ ހައްދު ފަހަނަޅާފައިވާ ލަޝްކަރުތައް އެކިދިމަދިމާއިން ނިކުމެ އިންޑިއާގައި ބައިމަދު މުސްލިމުން ތަޅައި ސުންނާފަތި ކޮށްލާނެކަމަށެވެ. ނަމަވެސް އިންޑިއާގެ މުސްލިމުން މިފަހަރު އިޚުތިޔާރު ކުރީ ވަރަށް ވިސްނުންތެރި ކެތްތެރި ސިޔާސަތެކެވެ. ހައްދުފަހަނަޅާފައިވާ ހިންދޫންގެ ގުއި ރޯނުގައި ނުޖެހި ސަލާމަތްވިއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަކީ ބީޖޭޕީގެ ހައްދުފަހަނަޅާފައިވާ އާރުއެއްއެސްގެ މުހިއްމު އަދި ދުނިޔެ ހުންނެވިހާ ދުވަހަކު އާރުއެސްއެސްއަށް ކަނޑައަޅުއްވާފައިވާ ބޭފުޅެކެވެ. ހިންދޫންގެ ހަރުކަށި އަމަލުތަކާއި ހަރުކަށި އަދި އަނިޔާވެރި ވާހަކާ ގުޅިގެން މޯދީއަކީ ވާހަކަފުޅުދައްކަވާ ބޭފުޅެއް ނޫނެވެ. މިފަހަރުވެސް ވީ ހަމައެހެންނެވެ. ހިންދޫ ގުންޑާއިންގެ އަމަލުތަކާ ދެކޮޅަށް މޯދީ އެއްޗެކޭ ވިދާޅެއް ނުވިއެވެ.

އިންޑިއާގައި މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އދ.އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މުސްލިމު ގައުމުތަކުން ކިޔަމުންދާ ފާޑުކިއުންތަކަށް އެކަށީގެންވާ ގޮތެއްގައި ހައްދު ފަހަނަޅާފައިވާ ހިންދޫން އިޖާބައެއް ނުދެނީ އެމީހުންނަށް ބީޖޭޕީގެ  ސަރުކާރުން ލިބެމުންދާ މަތިވެރި ތާއީދާއި އެއްބާރުލުމުގެ ސަބަބުންކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ކަން އެހެން އޮތުމުން ބައިނަލްއަގުވާމީ އިދާރާތަކާއި މުސްލިމު ގައުމުތަކުން އިންޑިއާގެ ގުންޑާރާޖު ނިމުމަކަށް ގެނެސް ގައުމުގެ މުސްލިމުންނަށް ވެސް ލިބެން ޖެހޭ ހައްގުތައް ހޯދައިދޭން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން އެބަޖެހެއެވެ. އަދި ކީރިތި ރަސޫލާ  މުޙައްމަދު ﷺ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން އެބަ ޖެހެއެވެ. 

އިންޑިއާއަކީ ހަމައެކަނި އެގައުމުގައި ދިރިއުޅޭ ހައްދުފަހަނަޅާފައިވާ ހިންދޫންގެ ގައުމެއް ނޫނެވެ. އިންޑިއާއަކީ އެގައުމަށް އުފަން އަދި އެ ގައުމުގައި ދިރިއުޅެމުންދާ އެހެން ދީންތަކުގެ މީހުންގެ ވެސް ގައުމެވެ.


Loading

2 Responses

  1. މުސްލިމުންނާއި އިސްލާމީ ގައުމުތަކުގެ ގުޅުން ބަދަހަިވެ އެއް އަޑަކުން ވާހަކަދައްކަން ފަށާ ދުވަކުން މިކަހަލަ ނުބައި ނުލަފާ ވާހަކަތައް ދުލުން ބޭރުކުރާކަށް ނުކެރޭނެއެވެ. ކިތަންމެ ރުޅިއަޔަސް ޖެހޭނީ އެކަހަލަ ވިސްނުން ކަރުބުޑުގައި ތާށިކޮށްފައި ބާއްވާށެވެ. މާތް ﷲ އިސްލާމުދީނަށް ގަދަކަން ދެއްވައި މުސްލިމް އުންމަތް އެކުވެރި ކުރައްވާށިއެވެ. އާމީން….

  2. މިއީ ހިންދުތުވާގެ ބޯސަކަރާތް ކަނޑުކޮށް ސިޔާސަތު. އެއްއިރެއްގާ ހިންދޫ ވެއްޖެއްޔާ ހިންދޫ އަކަށް ބަދަލުކުރުމަށް. ކިހިނެއް ވާނެ ކަމެއްތޯއެވެ. މިކަހަލަ ކަނޑުކޮހުންނާއި އެކު އެއްވެސް ހެލްތީ ގުޅުމެއް ނުބޭއްވާނެއެވެ. މާދަމާ ބުނާނީ ދިވެހިރާއްޖެއްކީވެސް ކުރީ ބުޑިސްޓު ހިންދޫންގެ ވެރިކަން އޮތްތަނެކޭ. ވީމާ ރާއްޖެއަކީވެސް ތިންމަންމެންގެ ހައްގެކޭ. ދެން ބަލިވެރިޔަކަށް ފައިސާ އާއި އެހެނިހެން ބޭނުންވާ ކަންތައްކޮށްދީފަ ވެރިކަމުގެ ނިޒާމް ގަޑުބަޑުކޮށްގެފައި މެޖޯރެޓީ ދިވެހިން ބޭނުންނުވާގޮތަށް މަޖިލީހަށް ރިޝްވަތުދީގެން ގާނޫނު ބަދަލުކޮށް އެވެރިންގެ ގެރި ބަކަރީ އަށް ކުޑައިމީސް ނުބުނަށް ގޮވާނީއެވެ. އެހެނަސް އެއީ ދިވެހީންގެ މީރު ކާނާއެކެވެ. ދެންވާނެ ގޮތް ވިސްނަވާށެވެ. މިހާރު ދިވެހި މަލިކުގައި އެޖަހަނީ އެ ސަކަރާތެވެ. #ވިސްނާށޭގައުމު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް