ރައީސް ނަޝީދުގެ ބަސްމަގު: އިންޑިއާގެ ހިމާޔަތުގައި

ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާ ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެރަފާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންޑިއާ ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެރަފާ މުޙައްމަދު ނަޝީދު ވިދާޅުވި އިރު، ޚުދު ރައީސް ނަޝީދު ވަނީ ރާއްޖެއާ ވަރަށް އިޚްލާޞްތެރި ގުޅުމެއް ބާއްވަމުންދާ […]
ކޮވިޑް-19ގައި މަރުވާ މީހުންގެ ހަގީގީ އަދަދު އިންޑިއާއިން ދަނީ ސިއްރު ކުރަމުން

ދުނިޔޭގެ ސިއްހީ ކަންތައްތައް ދިރާސާކުރާ އިސްފަރާތްތަކުން ހާމަކުރާ ގޮތުގައި ކޮވިޑް-19 ގައި އިންޑިއާއިން މަރުވާ މީހުންގެ ސައްހަ އަދަދާއި އިންޑިއާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ވައިރަސް ފެތުރެމުންދާ ގޮތުގެ ހަގީގީ އަދަދު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދަނީ ސިއްރުކުރަމުންނެވެ. ދުނިޔޭގެ ސިއްހަތާ ބެހޭ މާހިރުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވެފައި ވަނީ ހަތަރުލައްކަ މީހުންނެއް ނޫނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިންޑިއާއިން 20 ލައްކައަށްވުރެ ގިނަ މީހުން ވަނީ […]
އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި އަންނިގެ އަތެއްވޭ: ފުރަހަނި ޝުޢައިބު

އެމްއެމްޕީއާރުސީ މައްސަލައިގައި އެހެން ހުރިހާ މީހުންނާ ދިމާއަށް ވަގަށް ގޮވާފައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި)އާ ދިމާއަށް ވަގަށް ނުގޮވެންވީ ކީއްވެގެންތޯ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ އަޑަރ ސެކްރެޓެރީ އަދި އެމްޑީޕީގައި އިސްދައުރެއް އަދާކުރައްވާފައިވާ ޝުޢައިބު އަލީ ވިދާޅުވެއްޖެއެވެ. އެމްޑީޕީ އިސްލާހު ކުރުމަށް ބާރުއަޅުއްވައި ފަހަކަށް އައިސް ވާހަކަފުޅުދައްކަވަމުން ގެންދަވާ ޝުޢައިބު (ފުރަހަނި) ވިދާޅުވި ގޮތުގައި އޭނާގެ ގާތް އެކުވެރި އަންނިއާ ދިމާއަށް އަނިޔާވެރިއެކޭ ވަގެކޭ ދަންނަވާނީ އޭގެ ތެރޭގައި ސަބަބުތަކެއް އޮތީމައެވެ. އެމްއެމްޕީއާރުސީގެ […]
އެންމެ މިނެޓަކުން 30 ލައްކަ މާސްކު ކުންޏަށް ބަދަލުވުން: ތިމާވެއްޓަށް ކުރިމަތިވެފައިވާ ބޮޑު ގެއްލުމެއް

ކޮރޯނާ ވައިރަހުން ސަލާމަތްވުމުގެ ބޭނުމުގައި އެތައް މިލިއަން ބަޔަކު ދަނީ ގަވައިދުން މާސްކު އަޅަމުންނެވެ. އަދި އެތައް މިލިއަން ބަޔަކު ދަނީ ބޭނުން ކުރާ މާސްކު ރައްކާތެރި ނޫން ގޮތްގޮތަށް އުކާލަމުންނެވެ. ތިމާވެއްޓާބެހޭ ދިރާސާ ކުރަމުންދާ ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި މާސްކު އަޅާ މީހުން ބޭނުން ކުރާ މާސްކު އުކާލުމުގެ ސަބަބުން އެއްމިނިޓު އިރުގެ ތެރޭގައި 30 ލައްކަ މާސްކު ކުންޏަށް ވެގެން އެބަދެއެވެ. ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި ކޮރޯނާ […]
އިންޑިއާގެ ޑެލްޓާ ވޭރިއަންޓު ދުނިޔެއަށް ނުރައްކަލެއް: ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެނީ އެ ވައްތަރު

ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައި ވަނީ އިންޑިއާގައި ފެތުރުނު ޑެލްޓާ ވޭރިއަންޓު ކަމަށް ސަރުކާރުގެ ސިއްހީ ދާއިރާއިން ޖޫން މަހުގެ 15 ވަނަ ދުވަހު ހާމަކޮށްފައި ވަނިކޮށް އިންޑިއާގެ ކޮރޯނާ ވައްތަރު، ޑެލްޓާ ވޭރިއަންޓު ފެތިރުމަކީ ދުނިޔެއަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް ދުނިޔޭގެ ތަފާތު ގައުމުތަކުން ހާމަކުރަން ފަށައިފިއެވެ. ކޮރޯނާގެ އެންމެ ނުރައްކާތެރި ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ޑެލްޓާ ވޭރިއަންޓް ދުނިޔޭގެ 85 ގައުމަކަށް ވަނީ ފެތުރިފައެވެ. އަދި އެންމެ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި […]
ވެކްސިން ޖަހަންވީ ނޫނީ ޖަލަށް ދާންވީ!: ފިލިޕންސްގެ ރައީސް

ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭއަކީ އަމަލާއި ބަސްމަގު ވެސް ވަރަށް ހަރުކަށި ބޭފުޅެކެވެ. ބައެއް ފަހަރަށް އެ ގައުމުގެ ގާނޫނާއި ގަވައިދަކީ އޭނާއަށް އެއިރަކު ފެނިވަޑައިގަންނަވާ ގޮތެކޭވެސް ހީވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ގައުމުން ހުއްޓުވުމަށް އެކަން ކުރާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ގަޔަށް ވެސް ބަޑިޖަހައި މަރަން ވަނީ އަމުރުކުރައްވާފައެވެ. ރައީސް ޑުޓާޓޭ މިހާރު ވަނީ އެގައުމުގެ ރައްޔިތުން ކޮރޯނާ ވައިރަހުން ސަލާމަތްވާން ވެކްސިން ޖަހަން އިންކާރު ކުރާކަމަށްވާނަމަ ޖަލަށް ލާންޖެހިދާނެކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. […]
ރައީސް މައުމޫން އުޅުއްވަން ތީމުގެ ކަމަކު ނުދިޔަ. ރައީސް ޞާލިޙު އުޅުއްވަން އެންމެ ރަނގަޅީ ތީމުގެ

ރައީސް މައުމޫނާ ދެކޮޅަށް 2008 ވަނަ އަހަރާއި އޭގެ ކުރީން އެމްޑީޕީގެ އެކްޓިވިސްޓުން ހިންގި ހަރަކާތްތަކުގައި ރައީސް މައުމޫން ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިއާއެއް ޚަރަދުކުރައްވައިގެން ތީމުގެ ގަނޑުވަރަކަށް ހައްދަވައިގެން ދިރިއުޅުއްވާ ވާހަކައާއި އެއީ ކުރަން ހެއުނުވާވަރުގެ ކަމެއްކަމުގައި ދިވެހި ރައްޔިތުންނަށް ވިސްނައިދޭން އަޑުގަދަކޮށް މަސައްކަތް ކުރިއެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ތީމުގެ ޔުނިވަރސިޓީއަކަށް ހަދާނެކަމަށް އަނެއްބަޔަކު ވާހަކަދެއްކިއެވެ. ތެދެކެވެ! ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ކޯލިޝަނަށް ވެރިކަން ލިބުމުން ރައީސް މުޙައްމަދު ނަޝީދު ރިޔާސީ ގަނޑުވަރު […]
އެއްމާބަނޑު 10 ކުދީން ދެމަފިރިއަކަށް ލިބުނު ވާހަކައަކީ މަކަރާއި ހީލަތުގެ ދޮގު ޑްރާމާއެއް

ދެކުނު އެފްރިކާގެ އުމުރުން 37 އަހަރުވީ ގޮސްޔާމީ ތަހެމާރާ ސެޓޫލޭ އެއްމާ ބަނޑު 10 ކުދީން ވިހޭކަމަށް ބުނެ ފެތުރި ޚަބަރަކީ ދޮގެއްކަމަށް ދެކުނު އެފުރިކާއިން ބުނެފިއެވެ. އެއްމާބަނޑު 10 ކުދީން އެ އަންހެން މީހާ ވިހޭ ޚަބަރު ލިބުމުން އެއީ ދުނިޔޭގެ ރެކޯޑަކަށް ވާތީ އަދި އެފަދަ ކަމެއް ދުނިޔޭގެ ތާރީޚުގައި ހިނގާފައި އޮތްކަމަށް ރެކޯޑު ކުރެވިފައި ނުވާތީ އެވާހަކަ ދުނިޔޭގެ ހުރިހާ ގައުމެއްގެ މީޑިއާގެ ގުނަވަންތަކުން ދައްކަމުން ދިޔައެވެ. ނަމަވެސް އޭގެ 12 ވަރަކަށް […]
އީރާނުގެ އައު ރައީސަކަށް ރައްޔިތުން ހޮވީ އިބްރާހީމް ރައީސީ

އީރާނުގައި ހުކުރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެގައުމުގެ ރައްޔިތުން އައު ރައީސަކަށް އިބްރާހީމް ރައީސީ ހޮވައިފިއެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ ސަރުކާރުން އަދި އިއުލާނު ނުކުރިކަމަށް ވިޔަސް އިންތިޚާބުގެ ކަންތައްތައް ދިރާސާ ކުރާ އަމިއްލަ ފަރާތްތަކުން ހާމަކުރާގޮތުގައި ވާދަކުރެއްވި އަނެއް ތިން ކެންޑިޑޭޓުންނަށް ވުރެ ގިނަ ވޯޓު އިބްރާހީމް ރައީސީއަށް ވަނީ ލިބިވަޑައިގެންފައެވެ. އޭއެފްޕީން ޚަބަރު ދިން ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އަނެއް ތިން ކެންޑިޑޭޓުން ވަނީ އިބްރާހީމް ރައީސީއަށް މަރުހަބާއާއި ތަހުނިޔާ ދަންނަވާފައެވެ. […]
ޔޫރޯގައި މިރޭ ފޯރީގަދަ މެޗެއް: ޖަރުމަނާއި ޕޯޗުގަލް

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ 9.00ގައި ފަށާ މެޗަކީ ފުރަތަމަ ބުރުގެ އެންމެ ފޯރިގަދަ އެއްމެޗެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފުރާންސް އަތްދަށުވެ ބަލިވެފައިވާ ޖަރުމަން ޓީމު ދެވަނަ ބުރު ޔަގީން ކުރަން މިރޭ ޕޯޗުގަލްއާ ބައްދަލުކުރާ މެޗުން މޮޅުވުން ކޮންމެހެންވެސް ބޭނުމެވެ. ހަމައެގޮތަށް ފުރަތަމަ ބުރުގެ ފުރަތަމަ މެޗުން ޕޯޗުގަލް މޮޅުވެފައިއޮތަސް ދެވަނަ ބުރު ޔަގީން ކުރަން މިރޭގެ މެޗުން ބަލިނުވެ ސަލާމަތްވާން ޕޯޗްގަލްއަށް ވެސް ކޮންމެހެން ބޭނުމެވެ. އެއީ ދެން ކުޅެން އޮތް […]