އެންމެ މިނެޓަކުން 30 ލައްކަ މާސްކު ކުންޏަށް ބަދަލުވުން: ތިމާވެއްޓަށް ކުރިމަތިވެފައިވާ ބޮޑު ގެއްލުމެއް

128

ކޮރޯނާ ވައިރަހުން ސަލާމަތްވުމުގެ ބޭނުމުގައި އެތައް މިލިއަން ބަޔަކު ދަނީ ގަވައިދުން މާސްކު އަޅަމުންނެވެ. އަދި އެތައް މިލިއަން ބަޔަކު ދަނީ ބޭނުން ކުރާ މާސްކު ރައްކާތެރި ނޫން ގޮތްގޮތަށް އުކާލަމުންނެވެ.

ތިމާވެއްޓާބެހޭ ދިރާސާ ކުރަމުންދާ ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި މާސްކު އަޅާ މީހުން ބޭނުން ކުރާ މާސްކު އުކާލުމުގެ ސަބަބުން އެއްމިނިޓު އިރުގެ ތެރޭގައި 30 ލައްކަ މާސްކު ކުންޏަށް ވެގެން އެބަދެއެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ މާސްކާއި ލާހެދުމާއި ބޭނުންކުރާ އަންގިއާއި ސިރިންޖު ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާނުލެވުމުގެ ސަބަބުން ތިމާވެއްޓަށް ވަނީ ވަރަށް ބޮޑު ނުރައްކަލާކާ ކުރިމަތިވެފައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮރޯނާ ވައިރަހުން ސަލާމަތްވުމަށާއި ރައްކާތެރިވުމަށް ބޭނުންކުރާ ގިނަ ތަކެއްޗަކީ ޕުލާސްޓިކާ ގުޅުން ހުރި ތަކެތި ކަމަށްވާތީ އެތަކެތި ރައްކާތެރި ނޫން ގޮތްގޮތަށް އުކާލުމުން ކަނޑުފަޅުގެ ދިރުމަށް ވެސް އިޔާދަ ނުކުރެވޭވަރުގެ ބޮޑުގެއްލުމަކާ ކުރިމަތިވާނެއެވެ.

“ކޮރޯނާ ކުނި ރައްކާތެރި ގޮތުގައި ނައްތާ ނުލެވިއްޖެނަމަ އޭގެ ގެއްލުން ކަނޑުފަނޅުގެ ދިރުމަށް ލިބޭނޭކަން ޔަގީން.” ތިމާވެއްޓަށް ޚިދުމަތްކުރާ ޔުނިއަނެއްގެ ރައީސަކު ވިދާޅުވިއެވެ. “ވިސްނުން ތެރިކަމާއި ރޭވުން ތެރިކަމާއެކު ކޮރޯނާ ކުނިން ސަލާމަތްވާން ވީހާ އަވަހަކަށް މަސައްކަތް ފަށަން އެބަ ޖެހޭ.”

ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮނޑު ދޮށުންނާއި ފަޅުތެރެއިން ވެސް އުކާލާފައިވާ މާސްކު ގިނަ އަދަދަކަށް ފެންނަމުން އެބަދެއެވެ.

 

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ