ކޮވިޑް-19ގައި މަރުވާ މީހުންގެ ހަގީގީ އަދަދު އިންޑިއާއިން ދަނީ ސިއްރު ކުރަމުން

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ސިއްހީ ކަންތައްތައް ދިރާސާކުރާ އިސްފަރާތްތަކުން ހާމަކުރާ ގޮތުގައި ކޮވިޑް-19 ގައި އިންޑިއާއިން މަރުވާ މީހުންގެ ސައްހަ އަދަދާއި އިންޑިއާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ވައިރަސް ފެތުރެމުންދާ ގޮތުގެ ހަގީގީ އަދަދު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދަނީ ސިއްރުކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ މާހިރުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވެފައި ވަނީ ހަތަރުލައްކަ މީހުންނެއް ނޫނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިންޑިއާއިން 20 ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19ގައި އިންޑިއާއިން މަރުވި އެތައްބައެއްގެ ކަށުކަމާކެމީގެ ކަންތައް ނުކޮށް ގަންގާ ކޯރަށް ވަނީ އުކާލާފައެވެ. އޭގެތެރެއިން އެތައްބައެއްގެ ހަށިގަޑު ކޯރުން އަދި އިތުރަށް ފެންނާނޭކަމަށާއި ކޯރުގެ އައްސޭރިފަށަށް ލައްގާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އިންޑިއާއިން ފެންނަންފެށި ކޯރޯނާ ވައިރަހުގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ ޑެލްޓާއަށް ފަހު އެ ގައުމުން އެއަށްވުރެ ނުރައްކާތެރި ބާވަތެއްކަމުގައިވާ ޑެލްޓާ ޕްލަސް ފެތުރެމުންދާކަމުގެ ސާފު ހެކި ވަނީ ފެންނަން ފަށާފައެވެ.

އިންޑިއާއަކީ ވެކްސިން އުފެއްދުމަށް ދުނިޔެއިން މަޝްހޫރު ގައުމަކަށް ވިޔަސް އަދި ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ބޭނުންކުރާ ވެކްސިން އިންޑިއާއިން އުފައްދަމުންދާކަމަށް ވިޔަސް އެ ވެކްސިން ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އުފައްދައި ރައްޔިތުންނަށް ވެކްސިން ދިނުގެ ޕްރޮގްރާމް އެދެވޭ ގޮތެއްގައި އިންޑިއާގައި ކުރިއަކަށް ނުގެންދެވެއެވެ. އެކަމާ ގުޅިގެން ބޮޑު ވަޒީރު ނަރެއްންދުރަ މޯދީގެ ސަރުކާރަށް އިންޑިއާގެ އެތައް މިލިއަން ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮވިޑް-19 ގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 604،467 މީހުން މަރުވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ބްރެޒިލްއިންނެވެ. ބްރެޒިލްއިން މަރުވެފައި ވަނީ 515،985 މީހުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 30،362،848 މީހުންނަށް ކޮވިޑް-19 ޖެހި އެ ބަލީގައި 398،454 މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ހާމަކުރިކަމަށް ވިޔަސް އެ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް މީހުން މަރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް