ރައީސް ނަޝީދުގެ ބަސްމަގު: އިންޑިއާގެ ހިމާޔަތުގައި

109

ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާއާ ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެރަފާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެރަފާ މުޙައްމަދު ނަޝީދު ވިދާޅުވި އިރު، ޚުދު ރައީސް ނަޝީދު ވަނީ ރާއްޖެއާ ވަރަށް އިޚްލާޞްތެރި ގުޅުމެއް ބާއްވަމުންދާ ޗައިނާއާއި ސައުދީ އަރަބިޔާއާ ގުޅޭ ގޮތުން ވަރަށް ބޭއަދަބީ ވާހަކަތަކެއް ފާޅުގައި ދައްކަވާފައެވެ.

ކުރީގެ ރައީސް ކެރަފާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ޑިޕްލޮމޭޓުންނާ ގުޅޭ ގޮތުން އަޅުގަނޑުމެން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައިކަމަށެވެ. އެ ހަމަތައް ނަޝީދު ހާމަކުރައްވާފައެއް ނުވެއެވެ.

އިންޑިއާގެ ޑިޕްލޮމެޓުންގެ ދިފާއުގައި ނަޝީދު ޓްވީޓް ކުރެއްވީ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި އިންޑިއާގެ ޑިޕްލޮމޭޓުންގެ ކަރާމަތަށް ގެއްލުންވާ ގޮތަށް ލިޔާކަމަށް ބުނެ، އެ މައްސަލަ ބަލައިދޭން އިންޑިއާ ހައިކޮމިޝަނުން އެދުމުން އެކަމަށް ވަރަށް ގިނަ ބަޔަކު އިންޑިއާ އަށާއި އިންޑިއަން ހައިކޮމިޝަނަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ފޮރިން މިނިސްޓްރީން ވެސް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކި އެކި ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުނުވާނޭހެން، އަދި ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން މީޑިއާތަކުގެ މަސައްކަތްތައް ކުރިއަށްގެންދަން އިލްތިމާސްކޮށްފައެވެ. ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމަޓުންގެ ކަރާމާތާއި އަބުރަށް ނޭދެވޭ އަސަރުކުރާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ތަކުރާރުކޮށް ޝާޢިއުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ ލިޔުންތައް އަމާޒުވާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅި އެ ޑިޕްލޮމަޓުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނާ ގުޅިގެން، ނޮޅިވަރަމް ދާއިރާގެ މެންބަރު، މުހައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ކުރެއްވި ޓްވީޓެއްގައި ވަނީ މީގެ ކުރިން ތިޔަ ގުޅުންތައް މުހިއްމު ނުވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ޗައިނާއާއި ސައުދީ އަރަބިއްޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް ބުރޫ އެރިއަސް ހެޔޮ ކަމަށް ތިބާމެންގެ އަމިއްލަ ފައިދާއަށް ނުކިޔާކަ އެއްޗެއް ނެތް ކަމަށް ދިދާޅުވެފައިވެއެވެ. އަދި އަމިއްލަ އެދުން ބޮޑުވިއަސް ތިޔައީ ބޮޑުވަރު ކަމަށް ބުނެ މޮސްޓާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އިންޑިއާ ސަރުކާރާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ރާއްޖެއާމެދު ގެންގުޅޭ ސިޔާސަތަށް ފާޑުކިޔައި ވަރަށް ގިން ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އިންޑިއާގެ ހިމާޔަތުގައި ވާހަކަފުޅުދައްކަވަމުން ގެންދަވާ ނަޝީދު ވަނީ ދިވެހި ފުލުން އޭނާ ހައްޔަރުކުރަން އުޅުމުން އަހަރުތަކެއް ކުރިން އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތް ހޯއްދަވައި އެތައް ދުވަހެއް ވާނދެން އެތަނުގައި ހުންނަވާފައެވެ.

 

3 ހިޔާލުތައް

  1. ކޮއިފުޅާލަޑަޔާވާނީލަޑަޔާ،ބައިމަސްދުވާނީބިޔައް،ތިނަސީދުދުއަކީދިވެހެހިފަސްގަޑަށްޖެހިފަވާބޮނޑުދުސްމަނެއްވަބާއެށްތާއަބަދުއަލާހުއަށްދުވާކުރޭތިވަބާއިންމިގައުމުސަލާމަތްކުރައްވާތޯ؟

  2. މިހާރު ދެން ނަޝީދު (އަންނި) އަކީ ކާކުކަން ދިވެހިން ދެނެގެންފިއެވެ. އެ ވަގުތަކު އޭނާ ބޭނުންވާ ކަމެއް ޙާސިލް ކުރުމަށްޓަކައި ހަޑި މުޑުދާރު ކޮންމެ ޢަމަލެއްވެސް މީނާ ހިންގަފާނެއެވެ. މީހުނަށް ފުރައްސާރަ ކުރުމުގައިވެސް މީނައާއި މީނާގެ ޙަޔާތްކުޑަ އައުވާނުން ވަރެެއްނެތެވެ. ޗައިނާ އެމްބަސެޑަރާއި އަޅައިގަނެގެން އުޅުނު އިރުވެސް މަވަރެއްނެތެވެ. މިލިޔުމުގައި އެވާ އަންނިގެ 2018 ގެ ޓުވިޓާއި 2021ގެ ޓުވިޓް ކިޔާލީމާ ވަރަށް ރަގަނޅަށް މީނާގެ ދެފުށްކެރިކަން ފާޅުވެ އެނގިއްޖެއެވެ. ވަރަށް ގޮރެއް ފޮތެއްނެތް މީހެއް އަސްލުވެސް އަންނި އަކީ.

  3. އެމްޑީޕީގެ ރައީސް ނަޝީދު ގެ މަކަރުވެރިކަމާއި ޙަސަދަވެރިކަން ފާޅުވެ ގައުމު އިންޑީއާއަށް ވިއްކާލައިގެން ވެރިކަމުގައި ބައްދާތީ އެވަނީ އެމްޑީޕީގެ ތެރޭން ބޮޑުފެކްޝަނެއް އޭނާއަށް ނޫނެކޭ ބުނެފައެވެ. ވީމާ ޙަގީގަތަކީ އޮޕޮޒިޝަން ނުވަތަ އެމްޑީޕީއާއި ދެކޮޅުމީހުން ސަރުކާރު ބަލިކަށިކުރުމަށް ދައްކާވާހަކަތަކަކަށް އެވާހަކަތަށް ނުވެއެވެ. ދެން އަމިއްލަ ޕާޓީގެ ތެރޭންވެސް އިތުބާރު ގެއްލުނީއެވެ. ކޮންމެ މަކަރުވެރިއަކަށްވެސް ގޭމް ނިމެނީ ހިތިކޮށެވެ. ނަޝީދުގެ ވެރިކަމުގެ ހުވަފެނަކީ ދިވެހި ދައުލަތަށް އޮތް ބޮޑު ބިރެކެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ