މިސް ޔުނިވާސް ހަރުނާޒާ ދެކޮޅަށް ދައުވާ ކުރަނީ
މިދިޔަ އަހަރު މިސް ޔުނިވާސްގެ މަގާމަށް ހޮވުނު ހަރުނާޒު ސަންދޫ އާ ދެކޮޅަށް މިދިޔަ ބުރާސްފަތިދުވަހު ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ހިންދީ ފިލްމީ ދުނިޔޭގައި ބަޠަލާއެއްގެ ގޮތުގައި އަދި ހެއްވާބައި ކުޅޭ މީހެއްގެ އިތުރަށް ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅޭތާ 30 އަހަރުވެފައިވާ އުޕާސަނާސިންގު ބުނި ގޮތުގައި އޭނާ މިސް ޔުނިވާސް ހަރުނާޒު ސިންދޫއާ ދެކޮޅަށް ކޯޓަށް ދިޔައީ އޭނާ އުފައްދާ ފިލްމު ”ބާއީ ޖީ ކުއްޓަންގޭ“ގައި މަސައްކަތްކުރަން އެއްބަސްވުމަށް ފަހު ދޮގާއި މަކަރު ހެދުމުންނެވެ. ”އޭނާ އެހެން ހަދާފާނޭކަމަށް އަހަރެން ހީއެއް ނުކުރަން“އުޕާސަނާ ސިންގު ބުންޏެވެ. ”ފިލްމު ޕްރޮމޯޓުކޮށް […]
ޔޫކްރޭން: ރަޝިއާގެ ހަމަލާތަކުން 2900 ތައުލީމީ އިދާރާއަށް ގެއްލުންވެއްޖެ
ރަޝިއާއިން ބޮން އެޅުމުގެ ސަބަބުން ޔޫކްރޭންގެ 2900 ތައުލީމީ އިދާރާތަކަށް އެކި މިންވަރަށް ގެއްލުން ވެފައިވާކަމަށާއި 216 ތައުލީމީ އިދާރާ މުޅިން ހަލާކު ވެފައިވާކަމަށް ޔޫކްރޭންގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. ދިފާއީ ވުޒާރާއިން ބުނިގޮތުގައި ރަޝިއާއިން އެގައުމަށް ހަމަލާ ދޭން ފެށިފަހުން 25 ޔަތީމު ޚާނާއަށް ވެސް ވަނީވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ޔޫކްރޭންގެ ދިފާއީ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި ރަޝިއާއިން ދިން ހަމަލާތަކުގައި 530 ސަގާފީ މަރުކަޒު ހަލާކުވެގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ސިނަމާތަކާއި ދީނީ އަދި ސަގާފީ މަރުކަޒުތައް ވެސް ހިމެނެއެވެ. ޖުލައި މަހު […]
އިނގިރޭސިވިލާތުގެ ވަލީޢަހުދު، އަނބިކަނބަލުންނަށް ބޭވަފާތެރިވެވަޑައިގަންނަވަނީ
އިނގިރޭސިވިލާތުގެ މީސްމީޑިއާއަށް ބަލާލާއިރު ގައުމުގެ ރަސްކަމަށް އިސްވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ހުންނެވި ވަލީޢަހުދު ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް ގެންދަވަނީ އަނބިކަނބަލުން ކޭޓް މެޑަލްޓަންއަށް ބޭވަފާތެރިވެވަޑައިގަންނަވަމުންނެވެ. ކޭޓްގެ އަވަށްޓެރި އަދި ދުވަސްވީ އެކުވެރިއެއްކަމުގައިވާ ރޯޒް ހެމްބެރީއާ ވިޔާނުދާ ގުޅުމެއް ބާއްވަވަމުންނެވެ. ޕްރިންސް ވިލިއަމް ހިލޭ އަންހެނަކާ ނާޖާއިޒު ގުޅުމެއް ބާއްވަވަމުން ގެންދަވާ ޚަބަރު ފެތުރި އެތައް މިލިއަން ބަޔަކަށް ހައިރާންކަން ލިބިފައިވާއިރު އަނެއްކޮޅުން އަޑުއިވެނީ އެކަންތައްގަނޑާ ވިލިއަމްގެ އަނބިކަނބަލުން ކޭޓް އެއްވެސް ދެކޮޅުވެރިކަމެއް ނަހައްދަވާކަމުގެ ޚަބަރުތަކެވެ. އަޅޭ ފަހެ، ހައިރާނެއް ނުވާނޭ ހެއްޔެވެ؟ ފިރިކަލުންގެ ބޭވަފާތެރިކަން އަނބިކަނބަލުން ކެތް ކުރައްވަނީ […]
ސްރީލަންކާގައި އިމަޖެންސީ މަސްދުވަހަށް އިތުރުކޮށްފި: ހަމަނުޖެހުން ބޮޑުވުމުގެ ބިރު
ގައުމަށް އިންތިހާއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ސިޔާސީ މައްސަލަތުން އަރައިގަތުމުގެ ބޭނުމުގައި ކަމަށް ބުނެ ސްރީ ލަންކާގައި ހިންގާފައިވާ އިމަޖެންސީ އިތުރު އެއްމަހަށް ދިގު ދަންމާލަން ޕާލަމެންޓުން ފާސްކޮށްފިއެވެ. ކުރިން ބޮޑު ވަޒީރަކަށް ހުންނެވި އަދި މިހާރު ރައީސްކަމަށް އައްޔަންކުރެވިފައިވާ ރަނިލް ވިކްރަމަސިންހާ ލަންކާގައި ފުރަތަމަ އިމަޖެންސީ ހިންގެވީ ޖުލައި މަހުގެ 17 ވަނަ ދުވަހުގައެވެ. ލަންކާގައި އިމަޖެންސީ ގާއިމު ކުރީ ރަނިލް ވިކްރަމަސިންހާއަށް ރައީސްކަން ލިބިވަޑައިގެންނެވިތާ 3 ދުވަސް ފަހުންނެވެ. އިމަޖެންސީ ގާނޫނު އިތުރަށް ދަންމާލަން ޕާލަމެންޓުން ހުއްދަ ނުދިންނަމަ […]
ފަސްވަނަ ފަހަރަށް އެއްމާބަނޑު ދެ ކުދީން ވިހެއުމުން އަނބި މީހާ ވަރިކޮށްފި
އިރުމަތީ އެފުރިކާގެ ގައުމެއްކަމުގައިވާ ޔޫގެންޑާގެ ކެމްޕާލާގެ އަންހެނަކު އޭނާގެ ކައިވެނީގެ ހަޔާތުގައި ފަސްވަނަ ފަހަރަށް އެއްމާބަނޑު ދެކުދީން ވިހެއުމުން އެކަމާ ރުޅިއައިސްގެން ފިރިމީހާ އޭނާގެ އަންހެނުން ވަރިކޮށްފައި ގެއިން ނިކުމެގެން ހިނގައްޖެއެވެ. ފިރިމީހާ ސާލޯންގޯ ބުނިގޮތުގައި އޭނާގެ އަންހެނުންގެ ވިހެއުމުގެ ކަންތައް ހުރީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެއީ އޭނާއަށް ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ. އޭނާ ބުނިގޮތުގައި 10 ކުދީންގެ މަންމަ ވަރިކޮށްފައި އޭނާ ދިޔައީ އަންހެނުން އެއްމާބަނޑު ކުދިން ވިހާލެއް ގިނަކަމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އަދި އެހާ ގިނަ ކުދީންނާއި […]
ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މީހާ ބަންދު ނުކުރަން ސްޕްރީމް ކޯޓުން އަމުރުކުރުން: ބޮޑު ހައިރާން ކަމެއް
އިންޑިއާގެ ބޮޑު ވަޒީރުކަން ނަރެންދުރަ މޯދީއަށް ލިބިވަޑައިގެންނެވި ފަހުން އެ ގައުމުގެ ސްޕްރީމް ކޯޓުން ނެރޭ ބައެއް އަމުރުތަކާ މެދު ވަރަށް ގިނަ ބަޔަކު ހައިރާންވެ ފާޑުކިޔަމުން ގެންދެއެވެ. ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރި އިންޑިއާގެ ވެރިކަން ހިންގާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ނޫޕޫރު ޝަރުމާގެ މައްޗަށް ހުށަހެޅިފައިވާ 9 މައްސަލައިގެ މައްޗަށް ބިނާކޮށް އޭނާ ބަންދު ނުކުރެވޭނޭކަމަށް އިންޑިއާގެ ސްޕްރީމް ކޯޓުން ދާދިފަހުން ބުނުމާ ގުޅިގެން ވެސް ވަރަށް ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބި ފާޑުކިޔަމުން […]
އެމެރިކާއަކީ މެދުއިރުމައްޗަށް ކުރިމަތިވެފައިވާ މުސީބާތެއް
އެމެރިކާއިން މެދުއިރުމަތީގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށް އީރާނުން ބުނެފިއެވެ. މިއީ އީރާނުން ބުނި އައު ވާހަކައެއް ނޫނެވެ. އަދި މިއީ ދުނިޔޭގެ ގިނަ ބަޔަކަށް ނޭނގި އޮތް ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް ގަލްފާއި ޢަރަބި ގައުމުތަކުގައި ބޯ ބުރާންތި ވެފައި ތިބި ގިނަ ވެރިންނަށް މިކަމެއް ނޭނގެއެވެ. ނޫނީ އެނގޭކަށް ބޭނުމެއް ނޫނެވެ. އެމީހުން ދަނީ އެމެރިކާ ޖަހާ ބެރަށް ނަށަމުންނެވެ. އެކަމުގެ އެންމެ ކުރީ ސަފުގައި ހުންނެވީ ޚަޝޯޤްޖީ އަވަހާރަކޮށްލުމާ ގުޅިގެން ނަގޫފިތިފައިވާ ސަޢުދީ ޢަރަބިޔާގެ ވަލީ ޢަހުދު […]
ރަންވީރު، ޝާހުއާއި ސަލްމާނުގެ އަވައްޓެރިއަކަށް ވެއްޖެ
އިންޑިއާގެ މަޝްހޫރު ފިލްމީ ”ތަރިއެއް“ ކަމުގައިވާ ރަންވީރު ސިންގް ”ސާގަރު ރޭޝަމް“ ނަމަކަށް ކިޔާ އިމާރާތެއްގެ 16، 17، 18، 19 ވަނަ ބުރި ގަނެފިއެވެ. އެ އިމާރާތުގައި ތިބޭއިރު ވަރަށް ރީއްޗަށް ކަނޑުގެ މަންޒަރުތައް ފެނެއެވެ. އެފަދަ އިމާރާތެއް ގަންނަން ރަންވީރު މަސައްކަތް ކުރަމުންދާތާ ލައްކަދުވަސް ވެއްޖެއެވެ. ”ސާގަރު ރޭޝަމް“ އިމާރާތުގެ 4 ބުރި ރަންވީރު ގަތުމުން އޭނާއަކީ މިހާރު ސަލްމާން ޚާނާއި ޝާހު ރުޚް ޚާންގެ އަވައްޓެރިއެކެވެ. ޝާހު ރުޚު ޚާންގެ ގެ ”މިންނަތު“ އާއި ސަލްމާން ޚާންގެ ގެ ”ގެލެކްސީ އެޕާޓްމަންޓްސް“ ހުންނަނީ […]
ރަޝިއާއިން ޔޫކްރޭންގެ ހަނގުރާމަމަތީ 3 ބޯޓު ވައްޓާލައިފި
ޔޫކްރޭނުގެ ހަނގުރާމަމަތީ 3 މަތިންދާ ބޯޓު ވައްޓާލައިފިކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި 3 މަތިންދާ ބޯޓު ވެސް ވައްޓާލާފައި ވަނީ ޔޫކްރޭނުގެ އިރުމަތީ ސަރަހައްދުންނެވެ. ރަޝިއާގެ ހަމަލާތަކުގެ އަމާޒަކަށްވެގެން ވެއްޓުނު 3 ބޯޓުގެ ތެރެއިން 2 ބޯޓަކީ 24 އާއި 25 އެސްޔޫގެ 2 ބޯޓެވެ. ތިންވަނަ ބޯޓަކީ މިގް 29ގެ ބޯޓެކެވެ. ޔޫކްރޭނާ ދެކޮޅަށް ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ފެށި ހަނގުރާމައިގައި ރަޝިއާއިން ދަނީ ބޮޑެތި ކާމިޔާބީތަކެއް […]
އެމެރިކާއިން އަނެއްކާ ވެސް ޔޫކްރޭނަށް 80 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދެނީ
ޔޫކްރޭނަށް އެމެރިކާއިން 80 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދޭން ކަނޑައަޅާފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. މެޑްރިޑްގައި ބޭއްވި ނޭޓޯގެ ވެރިންގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ ޔޫކްރޭންގެ ސިފައިންނަށް ބޭނުންވާ ހަތިޔާރު މެދުކެނޑުމެއްނެތި އެމެރިކާއިން ފޯރުކޮށްދެމުން ގެންދާނޭކަމަށެވެ. އަދި ޔޫކްރޭން ހިމާޔަތްކުރުމުގެ މަސައްކަތުގައި އެމެރިކާ ދެމި އޮންނާނޭ ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ. ބައިޑެން ވިދާޅުވީ އެމެރިކާ އޮތީ އެކުވެރިންނާއެކުގައެވެ. އަދި ރަޝިއާ އަތުން ޔޫކްރޭން ބަލިނުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް […]