ޔޫކްރޭން: ރަޝިއާގެ ހަމަލާތަކުން 2900 ތައުލީމީ އިދާރާއަށް ގެއްލުންވެއްޖެ

Loading

Facebook
Twitter
WhatsApp

ރަޝިއާއިން ބޮން އެޅުމުގެ ސަބަބުން ޔޫކްރޭންގެ 2900 ތައުލީމީ އިދާރާތަކަށް އެކި މިންވަރަށް ގެއްލުން ވެފައިވާކަމަށާއި 216 ތައުލީމީ އިދާރާ މުޅިން ހަލާކު ވެފައިވާކަމަށް ޔޫކްރޭންގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. 

ދިފާއީ ވުޒާރާއިން ބުނިގޮތުގައި ރަޝިއާއިން އެގައުމަށް ހަމަލާ ދޭން ފެށިފަހުން 25 ޔަތީމު ޚާނާއަށް ވެސް ވަނީވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

ޔޫކްރޭންގެ ދިފާއީ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި ރަޝިއާއިން ދިން ހަމަލާތަކުގައި 530 ސަގާފީ މަރުކަޒު ހަލާކުވެގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ސިނަމާތަކާއި ދީނީ އަދި ސަގާފީ މަރުކަޒުތައް ވެސް ހިމެނެއެވެ.

ޖުލައި މަހު އ.ދ އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޔޫކްރޭނަށް ރަޝިއާއިން ހަމަލާދޭންފެށި ފަހުން ޔޫކްރޭންގެ 5400އަށްވުރެ ގިނަ އާންމުން މަރުވެފައިވާކަމަށާއި 6250 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވާކަމަށެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާ ގުޅިގެން ޔޫކްރޭނުން ގެންގުޅެންފެށި ސިޔާސަތަކީ ރަޝިއާގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ބުނެ ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ރަޝިއާއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ޔޫކްރޭންގެ ޢަސްކަރީ ނިޒާމުގެ ބޮޑުބައެއް ވަނީ ފުނޑުފުނޑުކޮށްލާފައެވެ. އާންމުންނާއި ސަރުކާރުގެ ބޮޑެތި އިމާރާތްތަކަށް އިންތިހާއަށް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ދަނީ ރަޝިއާ ބަލިވަމުންދާކަމުގެ އަޑުތައް ފަތުރަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް