ރަޝިއާއިން ޔޫކްރޭންގެ ހަނގުރާމަމަތީ 3 ބޯޓު ވައްޓާލައިފި

Loading

Facebook
Twitter
WhatsApp

ޔޫކްރޭނުގެ ހަނގުރާމަމަތީ 3 މަތިންދާ ބޯޓު ވައްޓާލައިފިކަމަށް ރަޝިއާއިން ބުނެފިއެވެ. 

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި 3 މަތިންދާ ބޯޓު ވެސް ވައްޓާލާފައި ވަނީ ޔޫކްރޭނުގެ އިރުމަތީ ސަރަހައްދުންނެވެ.

ރަޝިއާގެ ހަމަލާތަކުގެ އަމާޒަކަށްވެގެން ވެއްޓުނު 3 ބޯޓުގެ ތެރެއިން 2 ބޯޓަކީ 24 އާއި 25 އެސްޔޫގެ 2 ބޯޓެވެ. ތިންވަނަ ބޯޓަކީ މިގް 29ގެ ބޯޓެކެވެ.

ޔޫކްރޭނާ ދެކޮޅަށް ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ފެށި ހަނގުރާމައިގައި ރަޝިއާއިން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ރަޝިއާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޔޫކްރޭނުގެ ސިފައިންނަށް ވަނީ ގޮތް ހުސްވެ ދިފާއަށް ކުޅެން ޖެހިފައެވެ. 

އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއްގެ ޒަމާނީ ހަތިޔާރު ޔޫކްރޭނަށް ދެމުންދިޔަކަމަށް ވިޔަސް ރަޝިއާއިން ދަނީ ޔޫކްރޭނަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް