އިނގިރޭސިވިލާތުގެ ވަލީޢަހުދު، އަނބިކަނބަލުންނަށް ބޭވަފާތެރިވެވަޑައިގަންނަވަނީ 

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުގެ މީސްމީޑިއާއަށް ބަލާލާއިރު ގައުމުގެ ރަސްކަމަށް އިސްވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ހުންނެވި ވަލީޢަހުދު ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް ގެންދަވަނީ އަނބިކަނބަލުން ކޭޓް މެޑަލްޓަންއަށް ބޭވަފާތެރިވެވަޑައިގަންނަވަމުންނެވެ. ކޭޓްގެ އަވަށްޓެރި އަދި ދުވަސްވީ އެކުވެރިއެއްކަމުގައިވާ ރޯޒް ހެމްބެރީއާ ވިޔާނުދާ ގުޅުމެއް ބާއްވަވަމުންނެވެ.

ޕްރިންސް ވިލިއަމް ހިލޭ އަންހެނަކާ ނާޖާއިޒު ގުޅުމެއް ބާއްވަވަމުން ގެންދަވާ ޚަބަރު ފެތުރި އެތައް މިލިއަން ބަޔަކަށް ހައިރާންކަން ލިބިފައިވާއިރު އަނެއްކޮޅުން އަޑުއިވެނީ އެކަންތައްގަނޑާ ވިލިއަމްގެ އަނބިކަނބަލުން ކޭޓް އެއްވެސް ދެކޮޅުވެރިކަމެއް ނަހައްދަވާކަމުގެ ޚަބަރުތަކެވެ. އަޅޭ ފަހެ، ހައިރާނެއް ނުވާނޭ ހެއްޔެވެ؟ ފިރިކަލުންގެ ބޭވަފާތެރިކަން އަނބިކަނބަލުން ކެތް ކުރައްވަނީ ކޮންފަދަ ބޭހެއް ބޭނުންކުރައްވައިގެން ބާވައެވެ!

ވިލިއަމްއަށް ތާއީދު ކުރާ މީހުން ވިލިއަމްއާ ބެހޭ ގޮތުން ފެތުރެމުންދާ ވާހަކަ ގަބޫލެއް ނުކުރެއެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ވިލިއަމްއަކީ އެއަށް ވުރެ ވަފާތެރި ބޭފުޅެކެވެ. އެކަމަކު ފާޑުކިޔާ މީހުން ބުނާ ގޮތުގައި ވިލިއަމްގެ ބައްޕާފުޅު ޗާލްސް ވަނީ ވިލިއަމްގެ މަންމާފުޅު ޑަޔަނާއަށް ބޭވަފާތެރިވެވަޑައިގެންފައެވެ. އަދި ވިލިއަމްގެ މަންމާފުޅު ޑަޔަނާ ވަނީ ބައްޕާފުޅު ޗާލްސްއަށް ބޭވަފާތެރިވެވަޑައިގެންފައެވެ. އަދި އެހެން ނޫނަސް އިނގިރޭސިވިލާތުގެ ތާރީޚަށް ބަލާލުމުން ރަސްމަތިފުށުގެ ވަރަށް ގިނަބޭބޭފުޅުންނާއި ބޭކަނބަލުންގެ ނިތްކުރިފުޅުގައި ވަނީ ބޭވަފާތެރިކަމުގެ ސިއްކަޖެހިފައެވެ. ވިލިއަމްގެ ހަޔާތްޕުޅުގައި ބޭވަފާތެރިކަމެއް ނޯންނާނެކަމަށް ގަބޫލު ކުރަންވީ ކީއްވެގެން ހެއްޔެވެ؟

ތެދު ވާހަކަވެސް ބައެއް ފަހަރަށް ދޮގު ވާހަކައަށް ބަދަލުވެއެވެ. އަދި ދޮގު ވާހަކަ ވެސް ބައެއް ފަހަރަށް ތެދުވާހަކައަށް ބަދަލުވެއެވެ. 

އިނގިރޭސިވިލާތުގެ ވަލީޢަހުދު ވިލިއަމްއާ ގުޅޭ ގޮތުން ފެތުރިފައިވާ ވާހަކައަކީ ދޮގަކަށްވިޔަސް ތެދަކަށްވިޔަސް އެ ދެ ކަނބަލުންގެ ކައިވެނި ވަރިއަށް ބަދަލުނުވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅެވެ.     

Loading

2 Responses

  1. ރަސްކަމުގެ ކޮއިލްތެރެއަށް މިއީ އާކަމަކަށްނުވާނެއެވެ. އަރަހެމެންގެ އެދުވަސްވަރުގެ ތާރީޚްވެސް މާރީތިކަމަކަށް ނުވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް