ރަންވީރު، ޝާހުއާއި ސަލްމާނުގެ އަވައްޓެރިއަކަށް ވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ މަޝްހޫރު ފިލްމީ ”ތަރިއެއް“ ކަމުގައިވާ ރަންވީރު ސިންގް ”ސާގަރު ރޭޝަމް“ ނަމަކަށް ކިޔާ އިމާރާތެއްގެ 16، 17، 18، 19 ވަނަ ބުރި ގަނެފިއެވެ. އެ އިމާރާތުގައި ތިބޭއިރު ވަރަށް ރީއްޗަށް ކަނޑުގެ މަންޒަރުތައް ފެނެއެވެ. އެފަދަ އިމާރާތެއް ގަންނަން ރަންވީރު މަސައްކަތް ކުރަމުންދާތާ ލައްކަދުވަސް ވެއްޖެއެވެ.

”ސާގަރު ރޭޝަމް“ އިމާރާތުގެ 4 ބުރި ރަންވީރު ގަތުމުން އޭނާއަކީ މިހާރު ސަލްމާން ޚާނާއި ޝާހު ރުޚް ޚާންގެ އަވައްޓެރިއެކެވެ. ޝާހު ރުޚު ޚާންގެ ގެ ”މިންނަތު“ އާއި ސަލްމާން ޚާންގެ ގެ ”ގެލެކްސީ އެޕާޓްމަންޓްސް“ ހުންނަނީ ރަންވީރު އަލަށް ގަތް އެޕާޓްމަންޓްތަކާ ވަރަށް ކައިރީގައެވެ.

”ސާގަރު ރޭޝަމް“ އިމާރާތުގެ ވެރިމީހާ، ރަންވީރު ގަތް 4 ބުރި އިމާރާތްކޮށްފައި ވަނީ ރަންވީރު ބޭނުންވާގޮތަށެވެ. އެއީ ކުރިން އެތަނުގައި ހުރި ބައު އިމާރާތެއް ތަޅާލުމަށް ފަހު ލަކުޑިން ހަދާ ވަރަށް ފުރިހަމަ އިމާރާތެކެވެ. ރަންވީރު އެ 4 ބުރި ގަތުމަށް އިންޑިއާގެ 119 މިލިއަން ރުޕީސް ހޭދަކޮށްފައި ވެއެވެ. އަދި އޭނާގެ ދުއްވާ އެއްޗެތި ޕާކުކުރުމަށް 19 ސްލޮޓް ގަނެފައި ވެއެވެ.

ރަންވީރާއި އޭނާގެ އަންހެނުން ދީޕިކާ ވަނީ މިދިޔަ އަހަރު ބޮމްބޭގެ ”ޢަލީ ބާޣު“އިން އިންޑިއާގެ 22 ކުރޯޑު ރުޕީސްއަށް ގެއެއް ގަނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް