ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފި

  ހުޅުމާލޭ ދެ ވަނަ ފިޔަވަހިއަށް ބޭނުންވާ މުވާސަލާތީ ހިދުމަތްތައް ގުޅުމަށްޓަކައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ. އެޗްޑީސީން ބުނީ ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް އަންނަ މަހަށް ނިނުމުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި މަސައްކަތް ނިމުމުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން މި ޔުނިޓްތަކަށް ބޭނުންވާ ހުރިހާ މުވާސަލާތީ ހިދުމަތްތަކެއް އެއް ނެޓްވޯކަކުން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ […]

މުލީ އެއަރޕޯޓް އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފި

    މ. މުލީގައި އެއާޕޯޓެއް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އާއި ހަވާލު ކޮށްފި އެވެ. މުލީގައި ހަދާ އެއާޕޯޓުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ […]

 ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތެއްޗާއެކު ފަސްމީހަކު ހައްޔަރުކޮށްފި

    މާލެސިޓީން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ މަސްތުވާތަކެތި ފެނުމާގުޅިގެން ކަމަށެވެ. މި އޮޕަރޭޝަނުގައި ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިވަނީ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި […]

އުކުޅަހު ބަނދަރު މަސައްކަތް ފަށައިފި

    އއ. އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފި އެވެ. މި މަޝްރޫއުގެ ދަށުން 19،630 އަކަމީޓަރު ސަރަހައްދު ބަނދަރު ފުންކުރުމާއި 136 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 31 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 138.73 މީޓަރުގެ ޖެޓީއެއް ހެނދުމުގެ އިތުރުން 580 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ. ޕްލޭނިންގް މިނިސްޓްރީން […]

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައި ވީނަމަވެސް އެ ފާފަތައް ފުއްސަވާނެ: ޚުތުބާ

  ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވީނަމަވެސް އެ ފާފައެއް ފުއްސަވާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. ﷲގެ ތަނަވަސް ރަހުމަތް ފުޅުގެ މަށްޗަށް ޚާއްސަ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ކިތަންމެ ގިނަ ފާފަތަކެއް ކޮށްފައިވީ ނަމަވެސް ފާފަތައް ފުއްސަވާނެ ކަމަށާ ނަމަވެސް އެ ފާފަތައް ފުއްސަވާނީ އިޚްލާސްތެރިކަމާ އެކު ތައުބާވެ ހެޔޮއަމަލު ކުރުމުން ކަމަށެވެ. “ ލޮބުވެތި އަޚުންނޭ! އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާފަތަކު ގިނަކަމުން އެއްގޮތަކަށްވެސް މާޔޫސް ވާކަށް ނުޖެހޭ. ކިތަންމެ ގިނަ […]

ކާނިވާ ސަރަހައްދުގެ ބިންތަކުގެ މުއްދަތު އިތުރު ނުކުރުމަށް ނިންމައިފި

    ކާނިވާ ސަރަހައްދުން ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމެއްނެތި މުއްދަތުހަމަވާ އެއްބަސްވުންތައް ބާތިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލޭ ސިޓީކައުންސިލުން ބުނީ  މާލޭ ރީޑިވްލޮޕް ޕްލޭނިން ދަށުން އެ ޕްލޭނިން ތަންފީޒު ކުރުމަށް ކާނިވާ ސަރަހައްދުގައި ހުރި ބިންތައް ބެލެހެއްޓުމަށް ސިޓީކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ. ކައުންސިލުން ބުނީ ބިންތައް ހަވާލުކުރެއްވުމުގައި އެ ތަނުގައި ހުރި ވިޔަފާރިތަކުގެ އެއްބަސްވުންތައް ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ވެސް އެ ކައުންސިލަށް ކަމަށެވެ. އެގޮތުން  އެ ސަރަޙައްދުގައި މިހާރު […]

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެ މަސްވެރިކަން ކުރަމުންދިޔަ މަސްބޯޓެއް އަތުލައިގެންފި

    ގަވާއިދާއި ހިލާފަށް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނީ އިއްޔެ އަތުލައިގަތް މި މަސް ބޯޓުގައި އަށް ފަޅުވެރީން ތިބި ކަމަށާއި އެމީހުންނާ އެކު ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ލ. އަތޮޅު ބޮއެގެ އުތުރުން 30 މޭލު ބޭރުން ދާ އަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މި މަސްބޯޓުގެ މައުލޫމާތު ލިބުނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ […]

ވޭމަންޑޫއަށް ކަރަންޓް ދިނުމަށް އިންޖީނެއް ގެންގޮސްފި  

    އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވާ ތ. ވޭމަންޑޫއަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް އިންޖީނެއް ގެންގޮސްފި އެވެ. ފެނަކައިން ބުނީ ވޭމަންޑޫ އަށް ވީހާވެސް އަވަހަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން ދާކަމަށާ އެ ގޮތުން މިއަދު ހެނދުނުގެ ވަގުތުގައި އެ އަތޮޅު ގުރައިދޫން އިންޖީނެއް ވޭމަންޑުއަށް ގެންގޮސް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅު ގުރައިދޫން […]

ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުތައް އަދައިފި

  ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުތައް އަނދައިފި އެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުނުން ނުކުރެވޭވަރަށް އިންޖީނުތައް އެނދުމާ ގުޅިގެން ރަށުގެ ކަރަންޓްގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. ވޭމަންޑޫން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވުމުގެ ސަބަބުން އިންޖީނާއި އިންޖީނު އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އޭނާ ބުނިގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގީ މިއަދުގެ މެންދުރު އެއްގަޑިބައި އެހާއްކަށްހާރު […]

ތިމާވެއްޓާބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާއެއްގެ މެންބަރަކަށް ވުމަށް މަޖިލީހުގެ ލަފާހޯދުމަށް ނިންމައިފި

    ތިމާވެއްޓާބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން)ގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނީ އައިޔޫސީއެންގެ މެންބަރަކަށް ރާއްޖެ ވުމަށް މަޖިލީހުގެ ލަފައަކަށް ހުޅަހެޅުމަށް ރައީސް ސާލިހު ނިންމެވވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓްރީން އިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. […]