ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭ ދެ ވަނަ ފިޔަވަހިއަށް ބޭނުންވާ މުވާސަލާތީ ހިދުމަތްތައް ގުޅުމަށްޓަކައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް އަންނަ މަހަށް ނިނުމުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި މަސައްކަތް ނިމުމުން ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން މި ޔުނިޓްތަކަށް ބޭނުންވާ ހުރިހާ މުވާސަލާތީ ހިދުމަތްތަކެއް އެއް ނެޓްވޯކަކުން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ މި މަސައްކަތަކީ ”އޯޕަން އެކްސެސް ނެޓްވޯކް“ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަމުންދާ މަސައްކަތެއްކަމަށާ މި ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިކަމަށްބޭނުންވާ ޑަކްޓްގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

އޯޕަން އެކްސެސް ނެޓްވޯކަކީ ކޭބަލް މެދުވެރިކޮށް ލިބެންޖެހޭ ހުރިހައި ހިދުމަތްތަކެއް ފަސޭހައިން ލިބޭނެ ގޮތެއް ހެދުމަށްޓަކައި ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރާ ނެޓްވޯކެކެވެ.

އޯޕަން އެކްސެސް ނެޓްވޯކްގެ ދަށުން މުޅި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތެއް މުވާސަލާތީ ވިއުގާއަކުން ގުޅާލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.  އަދި މި ނެޓްވޯކްގެ ސަބަބަބުން މިހާރު މުވާސަލާތީ އެކި ހިދުމަތްތައް ދެމުންދާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ ބުނީ މި ނެޓްވޯކްގެ ބިޒްނަސް މޮޑެލްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ އިމާރާތްތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރެއް ގާއިމްކުރެވިގެންދާނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް