އުރިދޫ ހިއްސާއަކަށް 2.35ރ ބަހަން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ލިބުނު ފައިދާ އިން ހިއްސާ އަކަށް 2.34ރ. ބަހަން ފާސްކޮށްފި އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފޯންގެ އަދި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ މޯލްޑިވްސް އިން މިދިޔަ އަހަރުގެ ހިއްސާބަހަން ނިންމީ ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ”ފަހިވޯޓް“ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށ ބޭއްވި މި ޖަލްސާ އަށް ޕްރޮކްސާއާއެކު 44 ހިއްސާދާރުން ހާޒިރުވެފައިވެ އެވެ. އެއީ އޮންލައިންކޮށް ބައިވެރިވި 35 ހިއްސާދާރުންނާއި ޕްރޮކްސީއާއެކު ބައިވެރިވި އަށް ހިއްސާދާރުން އެވެ. މި ހިއްސާދާރުން 1.34 މިލިއަނަށް ވުރެ ގިނަ ހިއްސާ ތަމްސީލް ކުރި އެވެ.

މި ޖަލްސާގައި މިދިޔަ އަހަރު ލިބުނު ފައިދާގެ 85 ޕަސެންޓް ބަހަން އެކުންފުނިން ވަނީ ނިއްމާފައެވެ.

އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާންގެ އިތުރުން ޗެއާމަން އެންޑްރޫ ތޫ އޮޑްވާރ ކްވަލްސެތް ވެސް ބައިވެރިވި އެވެ.

އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވީ ވިދާޅުވީ ކޮވިޑް-19 ގެ ތެރޭގައި ވެސް އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ގިނަ ހިދުމަތްތައް ބޭނުން ކުރާ މިންވަރުވެސް މަތި ވެގެން ގޮސްފައިވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސް މި އަހަރު އޮޑިޓް ކުރަން ކަނޑައަޅާފައިވަނީ ވޯޓާ ހައުސް ކޫޕާސް 59،600 ޑޮލަރަށެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފޔާ ލިބިފައިވާ އުރީދޫގެ ހިއްސާގެ ތެރެއިން 90.5 ޕަސެންޓް ހިއްސާއަކީ އުރީދޫގެ މައި ކުންފުނި ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާއެވެ.  ދެން ހިމެނެނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 5.64 ޕަސެންޓް އަދި އާއްމު ޕަބްލިކުގެ 3.86 ޕަސެންޓުގެ ހިއްސާގެ މައްޗަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް