ބިދޭސީންނަށް ކޯޓާ ދޫކުރާ އުސޫލަށް ބަދަލެއްގެނެސްފި

ބިދޭސީ މަސަކަތު މީހުން ރާއްޖެ ގެނައުމަށް ބޭނުންވާ ކޯޓާ ދޫކުރާ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލެއް ގެނެސްފި އެވެ. އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާ ދޭފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާއިރު ވަޒީފާ ދޭފަރާތުން ހަމަޖައްސާފައިވާ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާތަން (ވޯކް ސައިޓް) އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފައިވާ ވޯކްސައިޓް ޑިކްލެރޭޝަން ފޯމް ހުށަހެޅިދާނެކަމަށެވެ. ނޯޓަރީއަކުން ނޯޓަރައިޒް ނުކުރާކަމަށް ވާނަމަ ސިވިލް ކޯޓް އަދި […]
ތުޅާދޫން ހައުސިންޔުނިޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

ބ.ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކަށ ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހައުސިންޔުނިޓް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އެރަށު ކައުންސިލުން އާންމުކޮށްފި އެވެ. ތުޅާދޫ ކައުންސިލުން ބުނީ މި ހައުސިން ޔުނިޓްތަކަކީ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ތުޅާދޫން ދޫކުރުމަށް ހަމަޖެއްސި 100 ހައުސިން ޔުނިޓްގެ ތެރެއިން 50 ހައުސިން ޔުނިޓްކަމަށެވެ. ކައުސިލުން ހާމަކުރެއްވި ގޮތުގައި އިއުލާންކުރި ދާއިމީ ލިސްޓަކީ ހައުސިން މިނިސްޓްރީން ހައުސިން ޔުނިޓްތައް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލާއި ޝަރުތާއެއްގޮތުގެމަތިން ހައުސިން ޔުނިޓްތަކަށް އެދުނު […]
ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަންފަށައިފި

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް އާންމުން ބައްޔަށް ޓެސްޓްކުރުމަށް ރެންޑަމް ސާމްޕަލް ނަގަންފަށައިފި އެވެ. ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް 19 އަށް ޓެސްޓްކުރަމުން ދަނީ ރަށުތެރޭގައި ބަލިއޮތްވަރު ބޮޑަށް ދެނެގަތުމަށްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. ޕޮލިސް ކުލަސްޓަރ އާއިގުޅިގެން ފަހުން ނެގި 93 ސާމްޕަލް ވެސް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު ޑައިރެކްޓް ކޮންޓެކްޓަރުންގެ ގޮތުގައި ފާހަކަ ކުރެވުނު އެންމެންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ. ކުޅުދުއްދުއްފުށީ ސިޓީގައި ކޮވިޑް-19ގެ […]
ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހުންހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކުރީ އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ތިން އޮޕަރޭޝަނެއްގައި ދެ ފުލެޓާއި ގެ އެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިގެންނެވެ. މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންކަމަށާއި އެއީ 44 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 19 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި އެ ތިން މީހުންގެ ތެރެއިން 44 […]
ޓްރެކް ސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމްކޮށަފައިވާ ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްއިން މިއަދު ކޮށްފައިވާ އިއުލާނެއްގައިބުނެފައިވަނީ މާލޭގައި ހުންނަ ސްވިމިން ޓްރެކްސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ހަދަން ބޭނުންވާކަމަށާއި މި ޑައިވިން ޕްލެޓްފޯމްހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަމް ހުށަހެޅުމުގެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެ އެސޯސިއޭޝަންގެ އިއުލާންގައިވާގޮތުން މިޕްރޮޖެކްޓްގައި މިއަދުން ފެށިގެން މިމަހު 21 އާހަމައަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ޑައިވިން ޕްލެޓްފޯމް އަޅާ […]
29 ގެސްޓުހައުސެއް ހުޅުވުމުގެ ހުއްދަ ދީފި

އަތޮޅުތެރޭގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން މިހާތަނަށް 29 ގެސްޓްހައުސެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ. ޓޫރިޒަމް މިނިސްރީގެ ތަފާތު ހިސާބުތަކުން ދައްކާގޮތުން މިއަދާ އަމައަށް ހުއްދަދިން 29 ގެސްޓްހައިސް ނުވަ ރަށެއްގައި ހިންގާ ގެސްޓްހައުސްތަކެވެ. އެއީ ހަތަަރުއަތޮޅަކަށް ނިސްބަތްވާ ނުވަ ރަށެއްގައި ހުރި ގެސްޓްހައުސްތަކެކެވެ. އެރަށްތަކަކީ: ނ. ފޮއްދޫ ކ.ހުރާ ކ.މާފުށި ކ.ގުރައިދޫ އއ.މަތިވެރި އއ.އުކުޅަސް އއ. ތޮއްޑޫ ވ.ތިނަދޫ ވ.ފުލިދޫ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މާޗްމަހުގައި ގެސްޓްހައުސްތައް ބަންދުކުރިއެވެ. […]
ތަރުކާރީ އާއި މޭވާ ވިއްކާ ފަރާތްތައް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި

ތަރުކާރީ އާއި މޭވާގެ ވިޔަފާރި ކުރާފަރާތްތަކުން އެފަދަ ތަންތަން ރަޖިސްޓްރީކުރުމަށް އަންގާ ރަޖިސްޓްރީ ވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ. ތަރުކާރީއާއި މޭވާ ވިއްކާވިއްކަން ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފައިވަނީ ތަރުކާރީއާއި މޭވާފަދަ ތަކެތީގެ ބާވަތެއް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުންނެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެފަދަތަންތަން ރަޖިސްޓްރީކުރަންޖެހެއެވެ. މި ގަވާއިދަށް އަމަކލުކުރަން ފަށާފައިވަނީ މި ތިނެއްގައެވެ. މި ވިޔަފާރިތައް ރަޖިސްޓްރީ […]
މަގުމަތީގައި މާރާމަރީ ހިންގާ މީހުންގެ އަަމަލުތައް ހުއްޓުވަންޖެހޭ: ޚުތުބާ

މަގުމަތީގައި މީހުންނަށް ކުރާ ގޯނާ ހުއްޓުވުމަށާއި މާރާމާރީ ހިންގާމީހުންގެ އަމަކުތައް ހުއްޓުވުމަަށް ޚުތުބާގައި ގޮވާލައިފި އެވެ. މަގުމަތީގެ އަދަބުތަކަށް ޚާއްސަކޮށްގެން މިއަދު އިއްވި ޚުތުބާގައި ވިދާޅުވީ މަގުމަތީގައި ހިނގާފައިދާ މީހުންގެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމަށާއި މާރާމާރީ ހިންގާމީހުންގެ އަމަލުތައް ހުއްޓުވުން އެއީ މަގުމަތީ އަދަބުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ވާތީ މިކަންކަން ހުއްޓުވަން މަގުމަތީ ތިބިމީހުން ޖެހޭނެކަމަށެވެ. އަދި މިފަދަ އަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރާނަމަ ތިބާއަކީ މަގުމަތީގެ […]
25 ބުރީގެ އޮފީސް އިމާރާތުގެ މައްސަލައިގައި މެލޭޝިއާ ކުންފުންޏަށް އަދިވެސް ފައިސާ ނުދައްކާ

ހުޅުމާލޭގައި 25 ބުރީގެ އިމާރާތް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އަދިވެސް ރާއްޖެއިން ދައްކާފައިނުވާކަމަށް މެލޭޝިއާގެ ނޫސްތަކުންބުނެފި އެވެ. ރާއްޖޭގައި އޮފީސް އިމާރާތެއް އެޅުމަށް ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ އަށް 23 މިލިއަނެއްހާ ޑޮލަރު (354.6 މިލިއަނެއްހާ ރުފިޔާ) ދައްކަންޖެހޭ ކަމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަންސެންޓަރު (އޭ.އައި.އޭ.ސީ) އިން ކަނޑައެޅި ނަމަވެސް އަދިވެސް އެފައިސާ ދައްކައިފައި ނުވާކަމަށް އެކުންފުންޏާ ހަވާލާދީ މެލޭޝިއާ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ފައިސާ ހަތް ދުވަހުގެ މުއްދަތެއްގެ […]
އިހަވަންދޫގައި ފެނަކައިގެ އާ އިމާރާތެއްގެ ބިންގާ އަޅައިފި

ހއ. އިހަވަންދޫގައި ފެނަކަ ކޯޕަރޭޝަނުން އެޅުމަށް ހަމަޖައްސާފައިވާ އާ އޮފީސް އިމާރާތުގެ ބިންގާ އިއްޔެ އަޅައިފިއެވެ. ފެނަކައިގެ އިވަންދޫ އާ އޮފީސް އިމާރާތް ހުޅުވައިދެއްވީ އިއްޔެ ހެނދުނު މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މި އިމާރާތުގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އިހަވަންދޫގެ […]