29 ގެސްޓުހައުސެއް ހުޅުވުމުގެ ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

އަތޮޅުތެރޭގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން މިހާތަނަށް 29 ގެސްޓްހައުސެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ޓޫރިޒަމް މިނިސްރީގެ ތަފާތު ހިސާބުތަކުން ދައްކާގޮތުން މިއަދާ އަމައަށް ހުއްދަދިން 29 ގެސްޓްހައިސް ނުވަ ރަށެއްގައި ހިންގާ ގެސްޓްހައުސްތަކެވެ. އެއީ ހަތަަރުއަތޮޅަކަށް ނިސްބަތްވާ ނުވަ ރަށެއްގައި ހުރި ގެސްޓްހައުސްތަކެކެވެ.

އެރަށްތަކަކީ:

ނ. ފޮއްދޫ

ކ.ހުރާ

ކ.މާފުށި

ކ.ގުރައިދޫ

އއ.މަތިވެރި

އއ.އުކުޅަސް

އއ. ތޮއްޑޫ

ވ.ތިނަދޫ

ވ.ފުލިދޫ

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މާޗްމަހުގައި ގެސްޓްހައުސްތައް ބަންދުކުރިއެވެ. އޭގެފަހުން މި މަހު 12 ވަނަދުވަހު އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

މިގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަދީފައިވަނީ އެމިނިސްޓްރީން ކަނޑައަޅާފައިވާ އުސޭލެއްގެ ތެރެއިން ރަށުކައުންސިލުން ހުއްދައެއްދީ އެ ކަން ލިއުމަކުން އެ މިނިސްޓްރީ އަށް އެންގުމުންނެވެ.

އެގޮތުން ގެސްޓްހައުސް ހިންގަން ބޭނުންވާ ފަރާތްތަކުން ވަކި ކަންތައްތަކެއް ފުރިހަމަކޮށް އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ގެސްޓްހައުސްތަކުން ފުރިހަމަކުރަންޖެހޭ ކަންތައްތައް:

  • ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިހުރިމިންވަރު ހާމަކުރުން
  • ގެސްޓްހައުސްތެރޭގައި ސޯޝަލް ޑިސްޓޭންސިން ބެހެއްޓޭނެކަން ޔަގީންކުރުން
  • ބޭނުންވާވަރަށް ޕީޕީއީ ކިޓާއި ފަސްޓް އެއިޑް ހުރިކަން ޔަގީންކުރުން
  • ގެސްޓްހައުސްގައި އުޅޭއިރު ސްޓާފުން ވަކި ޔުނީފޯމެއްލުމާއި މާސްކުއެޅުން
  • ހުރިހާ ސްޓާފުންވެސް ޓްރޭސްއެކީ އެޕް ބޭނުންކުރުމާއި ޓޫރިސްޓުންނަށް އެޕް ބޭނުންކުރަންބާރު އެޅުން.

ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭއިރު ކޮންމެ ގެސްޓްހައުސް އަކުންވެސް އެ ތަނަކުން ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އަޅާނެ ފިޔަވަޅުތައް އެނގޭނެގޮތަށް ގައިޑްލައިނެއް އެކުލަވާލައި އެ ގައިޑްލައިން ހުށަހަޅަންޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް