ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަންފަށައިފި

Loading

Facebook
Twitter
WhatsApp

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް އާންމުން ބައްޔަށް ޓެސްޓްކުރުމަށް ރެންޑަމް ސާމްޕަލް ނަގަންފަށައިފި އެވެ.

ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް 19 އަށް ޓެސްޓްކުރަމުން ދަނީ ރަށުތެރޭގައި ބަލިއޮތްވަރު ބޮޑަށް ދެނެގަތުމަށްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

ޕޮލިސް ކުލަސްޓަރ އާއިގުޅިގެން ފަހުން ނެގި 93 ސާމްޕަލް ވެސް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާއިރު ޑައިރެކްޓް ކޮންޓެކްޓަރުންގެ ގޮތުގައި ފާހަކަ ކުރެވުނު އެންމެންގެ ސާމްޕަލްވެސް މިހާރުވަނީ ނަގާފައެވެ.

ކުޅުދުއްދުއްފުށީ ސިޓީގައި ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާ މިންވަރުއިތުރުވަމުންދާތީ ހެލްތުއިމަޖެންސީ އޮޕަރޭޝަން ސެންޓަރ ( އެޗްއީއޯސީ)ގެ ޚާއްސަ ޓީމެއް މިއަދުގެ ވަގުތެއްގައި އެ ސިޓީއަށް ދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެ ސިޓީގައި ޒަރޫރީ ބޭނުމެއްގައި ނޫނީ އާންމުން ބޭރަށް ނުކުމެ އުޅުންވަނީ މަނާކޮށްފައެވެ. އަދި ޒަރޫރީ ހާލަތެއްގައި ބޭރަށް ނުކުންނަ ނަމަ ވެސް މާސްކް އަޅައި ގައިދުރުކަން ބެހެއްޓުމަށް އެޗްއީއޯއިން ވަނީ އާންމުންނަށް އަންގާފައެވެ.

އެޗްއީއޯއިން ހާމަކުރިގޮތުގައި ކުޅުދުއްފުށީގައި ބަލި ފެތުރިފައިވަނީ މިދިޔަ މަހުގެ 24ގައި ފުލުހުންނާއެކު މާލޭންދިޔަ ޓީމަކުންނެވެ. އެޓީމްވަނީ އުތުރުގެ ފަސްރަށަކަށް ގޮސްފައެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ހއ.ބާރަށް، ހއ ދިއްދޫ، ހއ، ހޯރަފުށީގެ އިތުރުން ށ. ފުނަދޫއެވެ.

ކުޅުދުއްފުށިން އެންމެފަހުން ފެނުނު ކޭސްއާ ގުޅިގެން ސުކޫލްދަރިވަރުންގެ ތެރެއިން 15 ދަރިވަރަކާއި 7 ޓިޗަރުން އަދި ފްޓްބޯޅަ އެކެޑަމީގައި ހަރަކާތްތެރިވާ 38ކުއްޖަކު ކޮންޓެކްޓްވެ އެކަހެރިކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް