25 ބުރީގެ އޮފީސް އިމާރާތުގެ މައްސަލައިގައި މެލޭޝިއާ ކުންފުންޏަށް އަދިވެސް ފައިސާ ނުދައްކާ

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި 25 ބުރީގެ އިމާރާތް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އަދިވެސް ރާއްޖެއިން ދައްކާފައިނުވާކަމަށް މެލޭޝިއާގެ ނޫސްތަކުންބުނެފި އެވެ.

ރާއްޖޭގައި އޮފީސް އިމާރާތެއް އެޅުމަށް ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ އަށް 23 މިލިއަނެއްހާ ޑޮލަރު (354.6 މިލިއަނެއްހާ ރުފިޔާ) ދައްކަންޖެހޭ ކަމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަންސެންޓަރު (އޭ.އައި.އޭ.ސީ) އިން ކަނޑައެޅި ނަމަވެސް އަދިވެސް އެފައިސާ ދައްކައިފައި ނުވާކަމަށް އެކުންފުންޏާ ހަވާލާދީ މެލޭޝިއާ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ފައިސާ ހަތް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެއްކުމަށް ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެމަށްޗަށް އޭއައިއޭސީން އަމުރުކުރީ ޖުލައި ފަސްވަނަ ދުވަހުއެވެ.

މި އޮފީސް އިމާރާތުގެ މައްސަލާގައި ޑަބްލިއުޒެޑްއާރު ޕްރޮޕަޓީން އާބިޓްރޭޝަނަށް ދިޔައީ މިދިޔަ އަހަރު ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

މޭލޭޝިއާގެ ނޫސްތަކުގައި ބުނާގޮތުން މި މައްސަލައިގައި ދައްކަންޖެހޭ ފައިސާ އެޗްޑީސީން ދައްކާފައިނުވާއިރު އެކުންފުނިން މި މަހު 11 ގައިވަނީ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއަށް މި މައްސަލައިގައި ދެފަރާތުން ވާހަކަދައްކައިގެން ހައްލެއްހޯދައި އެއްބަސްވުމަކަށް އައުމަށް އެދި މެއިލްއެއް ކޮށްފައިވާ ކަމަށެވެ.

އޭއައިސީން އޭރު ނިންމި ނިންމުމުގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއުޒެޑްއާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސްތަކަކަށް ފައިސާ ލިބިފައި ނުވާކަން އެގެންއެބައޮތް ކަމަށާއި އޭގެ އަގު 22،823،432.68 ޑޮލަރަށް (351،6 މިލިއަންރުފިޔާ) އަރާކަމަށެވެ.

މި މަޝްރޫއު ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ. މިމަޝްރޫއަކީ 123 މިލިއަންޑޮލަރުގެ މަޝްރޫއެކެވެ. މި މަސައްކަތް ރޭވިފައިއޮތީ ބޮޑެތި އޮފީސްޓަވަރުތަކާއެކު މިދިޔަ އަހަރުގެ ނިޔަލަށްމަޝްރޫއު ނިންމާގޮތަށެވެ.

މި އޮފީސްއިމާރާތް މާލޭގައި ހަދަން ފުރަތަމަ ނިންމި ނަމަވެސް ފަހުން ހުޅުމާލޭގައި އެއިމާރާތް އަޅަން ނިންމައި މަޝްރޫއުގެ މަސައްކަތް ފެށިއެވެ. އެގޮތުން ޕައިލިންގެ 60 ޕަސެންޓް މަސައްކަތް އެކުންފުނިން އޭރު ނިންމިއެވެ.

މި އިމާރާތް ހަދަން ވި އެއްބަސްވުމުގައި ވާގޮތުން އިމާރާތް ހަދަން އެއްބަސްވީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައެވެ. މި ފައިސާ ސަރުކާރުން ދައްކާގޮތަށް އޮތީ ތިން އަހަރުގެ ގްރޭސްޕީރިއަޑަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގައެވެ.

އެކުންފުނީގެ ޝަކުވާއަކަށްވީ މާލޭގައި އަޅަން ނިންމި އިމާރާތް ހުޅުމާލޭގައި އަޅަން ބޮޑު ޚަރަދެއް ކުރަންޖެހުމާއި ޕައިލިން މަސައްކަތަށް އަގުނުލިބުމެވެ.

Loading

One Response

  1. އަބަދުވެސް އެއްސަރުކާރުން ކޮށްފައި ހުންނަ މިފަދަ ބޮޑެތި ވިޔާފާރިތައް ނުހަމަގޮތުގައި ކުރެވިފައިވުމުންކަމަށް ބުނެ އެގްރީމެންޓްތަށް ބާތިލުކޮށް ޝަރިއަތާހަމައަށް ދާއިރަށް އެސަރުކާރެއް ނެތި އެކަންކުރި މީހަކުޒިންމާނުކުރެވި ބައިއަޅާގޮތަށް ސަރުކާރުން ދައުލަތުގެ (ރައްޔަތުންގެ) ޓެކްސް ފައިސާއިން އެފަދަބޮޑެތި ޢަދަދުތަށް ދެމުންދާކަމީ ރައްޔަތުން ނިކަމެތިކުރުވާ ކަމެކެވެ. ނަމަވެސް ރައްޔަތުންނަށްވެސް އެކަން އެހެން އޯކޭވަންޏާ ހަމަ އޯކޭ ތާއެވެ. ވަރަށް ދެރަވަރު ގައުމަކަށް ދިވެހިންގެ ރާއްޖެމިވަނީ ވެފައެވެ. މިފަދަ ބޮޑެތި ކޮންޓުރެކް ހަދާއިރު އެބުނާ ދައުލަތުގެ އޭހީ ކޮބާހެއްޔެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް