ޓްރެކް ސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ހަދައިދޭނެ ބަޔަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމްކޮށަފައިވާ ސްވިމިން ޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްއިން މިއަދު ކޮށްފައިވާ އިއުލާނެއްގައިބުނެފައިވަނީ މާލޭގައި ހުންނަ ސްވިމިން ޓްރެކްސަރަހައްދުގައި ޑައިވިން ޕްލެޓްފޯމެއް ހަދަން ބޭނުންވާކަމަށާއި މި ޑައިވިން ޕްލެޓްފޯމްހަދައިދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަމް ހުށަހެޅުމުގެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެ އެސޯސިއޭޝަންގެ އިއުލާންގައިވާގޮތުން މިޕްރޮޖެކްޓްގައި މިއަދުން ފެށިގެން މިމަހު 21 އާހަމައަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި ޑައިވިން ޕްލެޓްފޯމް އަޅާ ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް މިމަހު 24 ގެ ކުރިން އެކަމަށް އެދެންޖެހެއެވެ.

މި ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 20 ހާސް ރުފިޔާ ހުށަހަޅަންޖެހޭއިރު މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

މާލޭ ސްވިމިންޓްރެކްގައި ޑައިވިން ޕްލެޓްފޯމެއް ގާއިމްކުރުމަށް ސްވިމިން އެސޯސިއޭޝަނުން އިއުލާންކުރި ނަމަވެސް އަދި މިހާތަނަށް މި ތަނާ ބެހޭ އިތުރު މައުލޫމާތެއް ރަސްމީ ފަރާތަކުން މީޑިއާއަށް ހާމަކޮށްފައި ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް