މަގުމަތީގައި މާރާމަރީ ހިންގާ މީހުންގެ އަަމަލުތައް ހުއްޓުވަންޖެހޭ: ޚުތުބާ

Loading

Facebook
Twitter
WhatsApp

މަގުމަތީގައި މީހުންނަށް ކުރާ ގޯނާ ހުއްޓުވުމަށާއި މާރާމާރީ ހިންގާމީހުންގެ އަމަކުތައް ހުއްޓުވުމަަށް ޚުތުބާގައި ގޮވާލައިފި އެވެ.

މަގުމަތީގެ އަދަބުތަކަށް ޚާއްސަކޮށްގެން މިއަދު އިއްވި ޚުތުބާގައި ވިދާޅުވީ މަގުމަތީގައި ހިނގާފައިދާ މީހުންގެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމަށާއި މާރާމާރީ ހިންގާމީހުންގެ އަމަލުތައް ހުއްޓުވުން އެއީ މަގުމަތީ އަދަބުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ވާތީ މިކަންކަން ހުއްޓުވަން މަގުމަތީ ތިބިމީހުން ޖެހޭނެކަމަށެވެ.

އަދި މިފަދަ އަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރާނަމަ ތިބާއަކީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާ ކުރާ މީހަކަށް ނުވާނެކަމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ވިދާޅުވެފަ އެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ މަގުމަތީގެ އަދަބުތަކާއި ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވާކަމެއް ކަމަށާއި ކީރިތި ރަސޫލާ ވަނީ މިކަމަށް ބާރުއަޅުއްވާ ހަދީސް ކުރައްވާފައިކަމަށެވެ.

“ ރަސޫލާ ހަދީސް ކުރެއްވިއެވެ. މަގުމަތީގައި އިށީދެ ތިބުމާ ދުރުހެލިވާށެވެ. ސަހާބީން ދެންނެވިއެވެ.

އޭ ﷲގެ ރަސޫލާއެވެ. އެނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނޯވެއެވެ. އަޅުގަނޑުމެން މަގުމަތީގައި މި ތިބެނީ އެއަކު އަނެކަކާ ބައްދަލުވެ ވާހަކަ ދައްކާށެވެ. “ ހަދީސް ކުރެއްވިއެވެ. މަގަށް އޭގެ ހައްގު އަދަބުދޭށެވެ.“ ސަހާބީން ދެންނެވި އެވެ. މަގުމަތީގެ ހައްގަކީ ކޮބައިތޯއެވެ. ހަދީސް ކުރެއްވިއެވެ.“ އެއީ ބެލުންތައް ތިރިކުރުމާއި މީސްތަކުންނަށް އުދަގޫ ނުކުރުމާއި ސަލާމަށް ޖަވާބުދިނުމާއި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ.“ ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ގޭތެރެބަލައި އެތަންތަނުގައި ހުރީ ކޯޗެއްތޯއާއި އުޅެނީ ކޮންބައެއްތޯ ބަލައި ހެދުމަކީ އަޚްލާގީ ގޮތުން ވަރަށް ދަށުދަރަޖައގެ ކަމެއްކަމަށެވެ. އެހެންކަމުން މިފަދަ ކަންތަށް ނުކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

މަގުމަތީގައި ކޮންގެން ނުވާނެ ކަންތައްތަކުގެ ތެރޭގައު ވިއްސާރަ ދުވަސްވަރު މަގުމަތީ ހިނަގާފައިދާ މީހުންގެ ގަޔަށް ފެންބުރައިގެންދާގޮތަށް އިންޖީނުލީ އުޅަނދުފަހަރު ދުއްވުމާއި މަގުމެދަށް ކާރާއި ޓެކްސީ ހުއްޓުވައި މީހުން އެރުވުމާއި ކަފިހިހުރަހުގައި މަގުހުރަސްކުރަން ހުންނަ މީހާ އަށް ތަން ނުދީ ތަކެތި ދުއްވުމާއި، ސިގްނަލް ނުދީ ގަވާއިދާ ޚިލާފަށް ވާތްފަރާތުން ކުރިއަރައިގެން ދިއުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލެންސަރުގެ އަޑު ގަދަވާގޮތަށް ހަދައިގެން ދުއްވުން ފަދަ ކަންތައްތައް ހިމެނޭކަން ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

ޚުތުބާގައި ވިދާޅުވީ ސައިލެންސަރުގެ ބާރު އަޑުގެ ސަބަބުން ގޯތި ގެދޮރުގައި ތިބޭމީހުންނަށް އުނދަގޫ ފޯރުމުގެ އިތުރުން ނިދާފައިތިބޭ ތުއްތުކުދިން ބޮރުން ހޭލެވި ހަމަނިދި ނުލިބުމާއި ގޭގައި ބަލިމީހުންނަށް އުދަގޫވުން ހިމެނޭކަމަށެވެ.

މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މަގުތައް ސާފްތާހިރުކޮށް ބޭއްވުން ހިމޭނޭކަމަށެވެ. ނަމަވެސްމަގުމަށްޗަށް ކުނިއުކާލާ މީހުން އުޅޭކަމަށާއި އެގޮތުނ ބޭނުންކޮށްފައި ހުންނަ ޓިޝޫ އާއި ފުޅި އާއި ދަޅު ފަދަ ތަކެއްޗާއި ބެޓްރި އާއި މޮހޮރާއި ކުނިވަސްދުވާ މުޅަތަކެތި މަގުމަށްޗަށް އުކައި ނުލުމަށް ޚުތުބާގައި އިލްތިމާސްކުރެއްވިއެވެ.

މަގުމަތީގެ އަދަބާ ޚިލާފް ކަންތަކުގެ ތެރޭގައި ގޭގެ އިމާރާތާއި ގުޅިގެންމަގުމަށްޗަށް ވާގޮތަށް އަށިގަނޑުހެދުމާއި މަގުމަށްޗަށްފެންފައިބާގޮތަށް ގޭގެ ފުރާޅުބެހެއްޓުމާއި ގަސްގަހާގެހި ކެނޑުމާއި،ލަކުޑިއާއި ކާބޯތަކެތި މަގުމަތީ ބެހެއްޓުން ހިމެނޭ ކަމަށާއި މިކަންކަމަކީ ހިނގާބިގާވެ އުޅޭ މީހުންނަށް އުނދަގޫ ވާނެ ކަންކަމަށް ވުުމުން ރަސްމީ ފަރާތްތަކުން އެންގުމުގެ ކުރިން އަމިއްލަ ނަފްސައް ފެނިގެން މިކަންކަން އިސްލާހުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާލައްވާފައެވެ.

އަދި މީގެ އިތުރުން ސާފްތާހިރުކަމަކީ އީމާންކަމުގެ ބައެއްކަން ހަނދާންކޮށްލަދީ ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް މަގުމަތީގެ އަދަބުތައް ދަސްކޮށްދޭން ޖެހޭކަމަށާއި އެ މީހުން އެގޮތަށް އަމަލުކުރޭތޯ ފާރަވެރިވުމަށް ވެސް މިއަދުގެ ޚުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް