އިހަވަންދޫގައި ފެނަކައިގެ އާ އިމާރާތެއްގެ ބިންގާ އަޅައިފި

Loading

Facebook
Twitter
WhatsApp

ހއ. އިހަވަންދޫގައި ފެނަކަ ކޯޕަރޭޝަނުން އެޅުމަށް ހަމަޖައްސާފައިވާ އާ އޮފީސް އިމާރާތުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

ފެނަކައިގެ އިވަންދޫ އާ އޮފީސް އިމާރާތް ހުޅުވައިދެއްވީ އިއްޔެ ހެނދުނު މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި ރައްޔިތުންގެ  މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

މި އިމާރާތުގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އިހަވަންދޫގެ ކަރަންޓް ނެޓްވޯކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށާއި އަވަސް މުއްދަތެއްގެ ތެރޭގައި ރަށުގެ ނެޓްވޯކް އެޗްވީ ނެޓްވޯކަކަށް ބަދަލުވެގެން ދާނެކަމަށެވެ.

މި އޮފީސް އިމާރާތާއެކު ތަނުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި ކަސްޓަމަރުންނާއި މުއައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން އިން މައުލޫމާތު ދެއްވާގޮތުގައި މި އިމާރާތަކީ ދެ ފަންގިފިލާއަށް 40 މީހުގެ ޖާގައިގެ އޮފީސް އިމާރާތެކެވެ. އިމާރާތުގައި ބައްދަލުވުންތައް ބާއްވާނެ ކޮޓަރިއާއި ލޮބީ އޭރިއާ އާއި ޓެރަސް ހެދުމަށްވަނީ ހަމަޖެހިފައެވެ.

އިހަވަންދޫގެ ކަރަންޓްގެ ހާލަތު އިތުރަށް ރަގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ މި އޮފީސް އިމާރާތް އެޅުމަށް ބަޔަކާ ހަވާލުކޮށްފައިވަނީ މިމަހު ހަތެއް ގައެވެ.

އަންނަ އަހަރު އޮކްޓޯބަރުގެ ނިޔަލަށް ނިންމުމަށް ހަވާލުކޮށްފައިވާ މިއިމާރާތް ހަވާލުކޮށްފައިވަނީ ހަ މިލިއަން ރުފިޔާ އަށެވެ.

އިހަވަންދޫ އަކީ ހއ.އަތޮޅުގެ ދެ ވަނައަށް އެންމެ އާބަދީ ބޮޑު ރަށެވެ. އެ ރަށުގެ އާބާދީއަކީ 3300 މީހުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް