ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި ފުލުހުންހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކުރީ އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ތިން އޮޕަރޭޝަނެއްގައި ދެ ފުލެޓާއި ގެ އެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިގެންނެވެ.

މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންކަމަށާއި އެއީ 44 އަހަރުގެ މީހަކާއި  23 އަހަރުގެ މީހެއްގެ އިތުރުން 19 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި އެ ތިން މީހުންގެ ތެރެއިން 44 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފްލެޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި 30 ހުސް ރަބަރުޕެކެޓް ފެނުމާއި ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަން ތަކުގައި ހައްޔަރުކުރި 23 އަހަރުގެ މީހާހައްޔަރުކުރީ ހުޅުމާލޭ ފްލެޓެއްބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރިކަމަށް ބެލެވޭ ސެލޯފިން ކޮޅަކާއި ޑިޖިޓަލް ސްކޭލް އަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ގެންގުޅޭ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއް ފެނުމާއި ގުޅިގެންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މީގެ އިތުރުން ހައްޔަރުކުރި 19 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ގެ އެއްބަލައި ފާސްކުރިއިރު އެގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ޓިޝޫ އެއް ފެނިގެން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާމަސައްކަތް އިތުރުކޮށްފައިވާ އިރު މި މަހު 19ގައި ފުލުހުން ފުވައްމުލަކު ގައި ހިންގި އޮޕަރޭޝަނުގައި ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 225 ކުދި ރަބަރުޕެކެޓާއި ބޮޑު ރަބަރު ޕެކެޓެއް ހޯދައިފައިކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަަމަށް ވެސް ފުލުހުން ހާމަކުރައވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް