ތަރުކާރީ އާއި މޭވާ ވިއްކާ ފަރާތްތައް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ތަރުކާރީ އާއި މޭވާގެ ވިޔަފާރި ކުރާފަރާތްތަކުން އެފަދަ ތަންތަން ރަޖިސްޓްރީކުރުމަށް އަންގާ ރަޖިސްޓްރީ ވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ތަރުކާރީއާއި މޭވާ ވިއްކާވިއްކަން ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފައިވަނީ ތަރުކާރީއާއި މޭވާފަދަ ތަކެތީގެ ބާވަތެއް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެފަދަތަންތަން ރަޖިސްޓްރީކުރަންޖެހެއެވެ. މި ގަވާއިދަށް އަމަކލުކުރަން ފަށާފައިވަނީ މި ތިނެއްގައެވެ.

މި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން އޮންލައިން ޕްލެޓް ފޯމެއް ގާއިމް ކޮށްފައިވާއިރު އެ ތަންތަނުގެ ޝަރުތު ފުރިހަމަވޭތޯ ބެލުމަށް އިންްސްޕެކްޓް ކުރަން ވަނީ ހަމަޖައްސާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވާގޮތުގައި މިތަންތަން ބެލުމަށް ހަމަޖައްސާފައިވަނީ ސިޓީ ކައުންސިލް އަދި ރަށުކައުންސިލްތަކުންނާއި އެ މިނިސްޓްރީން ކަނޑައަޅާ އެހެން އިދާރާތަކުންނެވެ.

ރާއްޖޭގައި ވިޔަފާރި ކުރުމުގެ ގާނޫނުގައި ވާގޮތުން ތަނެއްގައި ގާއިމްވެ ނުވަތަ ތަނެއްގައި ގާއިމު ނުވެ ތަރުކާރީ އާއި މޭވާ އާންމުންނަށް ވިއްކާނަމަ ރަޖިސްޓްރީ ކުރަންޖެހެއެެވެ. އަދި އެހެން މުދާތައް ހިމެނޭހެން ތަރުކާރީއާއި މޭވާ ވިއްކާނަމަ ވެސް ރަޖިސްޓްރީ ވާންޖެހެއެވެ. އަދި މި ފަދަ ތަންތަން ރަޖިސްޓްރީނުކޮށް ހިންގާނަމަ މިގާނޫނުގެ ދަށުން 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް