ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 75 އިންސައްތަ ސަފާރީ އަށް ހުއްދަ ދީފި

ފަތުރުވެރިންނަށް ޚިދުމަތްދީ އެ ވިޔަފާރިކުރުމަށް މިހާތަނަށް 75 އިންސައްތަ ސަފާރީއަކަށް ހުއްދަދީފި އެވެ. ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ 160 ސަފާރީއެވެ. އޭގެ ތެރެއިން މިހާތަނަށް 120 ސަފާރީއަކަށް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ. އެއީ 2262 ބެޑް ކެޕޭސިޓީއެވެ. ކޮވިޑް-19ގެ ބަލިމަޑކަމާއި ގުޅިގެން ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ސަފާރީތަކަށް ވެސް ޚިދުމަތްދޭން ހުއްދަދެނީ ސަރުކާރުން ކަޑާއަޅާ ވަކި މިންގަޑުތަކަށް ފެތޭ ސަފާރީތަކަށެވެ. ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުއްދަ އަށް އެދޭފަރާތަކުން […]
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މިއަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓް މަޖިލީހަށް ހުށަހާޅާފައިވާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން މިރޭ ޓްވީޓެއްކޮށްފައި ވީ ނަމަ ވެސް އެއީ ކިހާވަރެއްގެ ބަޖެއްޓެއްކަމެއް ބުނެފައިނުވެ އެވެ. ފިނޭންސް މިނިސްޓްރީގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ މިބަޖެޓާ ބެހޭ އިތުރު ތަފްސީލް ފިނޭންސް މިނިސްޓަރ ބަޖެޓްގެ ސްޓޭޓްމަންޓް މަޖިލީހަށް ހުށާހަޅުއްވާއިރު ދެއްވާނެކަމަށެވެ. މިއަންނައަހަރުގެ ލަފާކުރާ ބަޖެއްޓަކީ 35 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ކަމަށް ކުރިން […]
ބޭންކު ކުރިމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ބޭންކު އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނެއްހާ ރުފިޔާ ފޭރެން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމު ކުރުމަށް ފަހު ފުލުހުން ބުނީ އެމީހުންނަކީ މިމަހު 25 ވަނަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެދިޔަ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 27 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން […]
ޝަހީބް އިބްރާހިމް ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަނީ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ގއ. ވިލިގިލީ ޝަހީބް އިބްރާހިމް 42، ދޫކޮށްލަން އިއްޔެ ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ނިންމައިފި އެވެ. ފުލުހުން ބުނީ ޝަހީބްގެ ބަންދަށް ފުރަތަމަ މުއްދަތު ޖެހީވެސް އެމައްސަލައާ ގުޅިގެން ހުށައެޅި ހެކިތަކަށް ބެލުމަށް ފަހުކަމަށެވެ. އަދި އިއްޔެ އޭނާ ދޫކޮށްލީވެސް ކުރީގައި ހުށަހެޅި ހެކިތަކާއި އިތުރު ހެކިތައްވެސް ހުށަހަޅާފައި ވަނިކޮށްކަމަށެވެ. ޕޮރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ މި […]
130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ދޫކޮށްލައިފި

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ގއ.ވިލިގިލީ ޝަހީބް އިބްރާހިމް 42، ދޫކޮށްލައިފި އެވެ. ޝަހީބް އަކީ މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ އެއްމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތު ކުރި މީހާއެވެ. ޝަހީބް ދޫކޮށްލާފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލަން ނިންމުމުންނެވެ. ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯނިން އަތުލައިގަތް 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކުރިއެވެ. މި […]
އޮޑިޓް އޮފީހަށް 80 މިލިއަން ރުފިޔާގެ ބޮޑު ބަޖެއްޓެއް ކަނޑައަޅައިފި

އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނައަހަރުގެ ބަޖެއްޓަކަށް 80.7 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ފާސްކޮށްފި އެވެ. އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ޚަރަދުތައް ލަފާކޮށް އެ އޮފީހުން ހުށަހެޅީ 104.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ފާސްކުރީ 23 މިލިޔަންރުފިޔާ އުނިކޮށްފައެވެ. އޮޑިޓް އޮފީހަށް ކަޑައެޅިމި ބަޖެޓަކީ މި އަހަރަށް ކަނޑަ އަޅާފައިވާ ބަޖެޓަށްވުރެ 33.8 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެކެވެ. އެ […]
ބްރޯޑްކޮމްގެ މެންބަރުކަމުން ޒީނާ އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) ގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފި އެވެ. ޒީނާ އިސްތިއުފާ ދެއްވީ އޭނާ އެމަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ. މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޒީނާ ފޮނުވި ސިޓީގައި ވިދާޅުފައިވަނީ އޭނާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބަލައި އޭނާ މަގާމުން ވަކިކުރަން ތަޅުމަށް ފޮނުވާފައިވަނީ އިންސާފުން ކަމަށް ގަބޫލް ނުކުރާކަމަށެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ […]
ބްރިޖް ހިމެނޭހެން މާލެސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

ސިނަމާލެ ބްރިޖާއި އެއާޕޯޓް މަގު ހިމެނޭހެން މާލޭ ސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ނިންމައިފި އެވެ. ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ފަރިތަކުރުން ތަކަކާއި ގުޅިގެން މިއަދާއި މާދަމާގެ މެންދުރުފަހު އެކަކުން ފެށިގެން ފަރިތަކުރުން ތައް ނިމެންދެން އެ ސަރަހައްދުތައް އެކި ވަގުތުތަކުގައި ބަންދު ކުރަމުން ގެންދާނެ ކަމަށެވެ. މި ފަރިތަކުރުންތަކާއި ގުޅިގެން ބަންދުކުރުމަށް ހަމަޖައްސާފައިވަނީ ސިނަމާލެ ބްރިޖާއި އެއާޕޯޓް މަގުގެ އިތުރުން ބޮޑުތަކުރުފާނުމަގުގެ ބައެއް ސަރަހައްދުތަކާއި ގްރީން ޒޯންގެ […]
އެއް ނަމްބަރު ފާލަން ކައިރީ މުދާ އަރުވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނަން: ސިޓީ ކައުންސިލް

އިއްޒުއްދީން ފާލަން ނުވަތަ އެއް ނަންބަރު ފާލަން ކައިރީ އޮޑި ދޯނި ފަހަރު މުދާ އަރުވާ ބޭލުމަކީ މަނާ ކަމެއް ކަމަށާއި އެކަން ކުރާފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނީ މާލޭގައި މުދާ އަރުވާ ބާލަން ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެއްނަންބަރު ޖެޓީ، ރަސްމީ ޖެޓީ ކައިރީ މުދާ އަރުވާ ބޭލުމަކީ މަނާކަމެއްކަމަށެވެ. އެގޮތަށް ކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް […]
ރާއްޖެއިން އަލަށް ފެނުނު ކަނޑުލުގެ ބާވަތަށް ކިޔަނީ ”ކެލަވަކި“

ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ އަދި ވަރަށް މަދުން ފެންނަ ކަނޑުލުގެ އާއިލާއަށް ނިސްބަތްވާ ގަހެއްކަމުގައިވާ “ ބްރްގޭރާ ހެނެސީ“ ރާއްޖެއިން ފެނުމާއި ގުޅިގެން އެގަހަށް ދިވެހިން “ ކެލަވަކި“ގެ ނަމުން ނަންދީފިއެވެ. ރާއްޖެއިން ކެލަވަކި ފެނިފައިވާކަމަށް ރަސްމީ އިދާރާތަކުން ހާމަކުރީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ދިރުންތަކާއި ބެހޭ މައުލޫމާތު އެއްކުރުމަށް މާޗް މަހު ކެލާކަނޑޫފާ ސަރަހައްދުގައި ކުރި ދިރާސާއެއްގެ ތެރެއިން މި ގަސްތައް ފެނިގެންނެވެ. އެންވަޔަރަމެންޓަލް މިނިސްޓްރީން ބުނީ ކެލަވަކީގެ ހަތަރު ގަހެއް ފެނިފައިވާކަމަށެވެ. ކެލަވަކި […]