ބޭންކު ކުރިމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ބޭންކު އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނެއްހާ ރުފިޔާ ފޭރެން މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމު ކުރުމަށް ފަހު ފުލުހުން ބުނީ އެމީހުންނަކީ މިމަހު 25 ވަނަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެދިޔަ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 27 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އެއީ ވ.ޕިންކްވިލާ އަހުމަދު އަމީރު 20، އާއި ގއ.ވިލިގިލީ، ކަނީރުމާގޭ މުހައްމަދު މުސްއަބު ޒުބައިރު 23، އާއި ދަފްތަރު ނަންބަރު 3678 ހުސައިން އަބްދުލް މަޖީދު 22،ގެ އިތުރުން ލ. ގަން ތުނޑީ.ކީމިޔާގެ، އަބްދުﷲ ރާޝީދު 27، ކަމަށް ފުލުހުންބުނެ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ހަތަރު މީހުންނަކީ ވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.

ހައްޔަރު މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއްވަނީ ޖަހައިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯކުން ފެންނަ ގޮތުގައި އެ ފައިސާތަށް ފޭރެން މަސައްކަތް ކުރީ ސައިކަލްތަކެއްގައި އައި ހަތަރު މީހެކެވެ. އެ މީހުން ފޭރެން އުޅުނު ނަމަވެސް އެވަގުތު ބޭންކު ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑް އާއި އަދި އެހެން މީހުންވެގެން ވަނީ އެކަން ނާކާމިޔާބު ކޮށްފައެވެ.

Loading

One Response

  1. ތީ ސީދާ ޓެރަރިޒަމްގެ ބޮޑު ޢަމަލެކެވެ. ކުޑަމިނުން ތިކަމުގައި ބައިވެރިވާ އެންމެންގެ އަތްކެނޑުން މަޖުބޫރެވެ. އެހެނީ މިފަދަ ކުޑކުޑަ މުޖުތަމައެއްގައި ރޯމާދުވާލު އެގޮތަށް ފޭރެން ހިތައްއަރުވާނެ ގުންޑާއެއް މިގައުމުގައި އުޅެދީގެން ނުވާނެއެވެ. ދައުލަތުގެ ކަރާމާތްކޮބާތޯ ސުވާލުއުފެދޭ ހިސާބަށް މިހާރު މިގައުމުގެ ޙާލަތު ދައްވެއްޖެކަމަށް ފެނެއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް