އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް  ހުށަހަޅައިފި އެވެ.

މިއަންނަ އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓް މަޖިލީހަށް ހުށަހާޅާފައިވާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން މިރޭ ޓްވީޓެއްކޮށްފައި ވީ ނަމަ ވެސް އެއީ ކިހާވަރެއްގެ ބަޖެއްޓެއްކަމެއް ބުނެފައިނުވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ މިބަޖެޓާ ބެހޭ އިތުރު ތަފްސީލް ފިނޭންސް މިނިސްޓަރ ބަޖެޓްގެ ސްޓޭޓްމަންޓް މަޖިލީހަށް ހުށާހަޅުއްވާއިރު ދެއްވާނެކަމަށެވެ.

މިއަންނައަހަރުގެ ލަފާކުރާ ބަޖެއްޓަކީ 35 ބިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ކަމަށް ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގާނޫނުގައި ވާގޮތުން ކުރިއަށް އޮންނަ އހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ކޮންމެ އަހަރެއްގެ އޮކްޓޯބަރުގެ 31ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް