ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 75 އިންސައްތަ ސަފާރީ އަށް ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

ފަތުރުވެރިންނަށް ޚިދުމަތްދީ އެ ވިޔަފާރިކުރުމަށް މިހާތަނަށް  75 އިންސައްތަ ސަފާރީއަކަށް  ހުއްދަދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވަނީ 160 ސަފާރީއެވެ. އޭގެ ތެރެއިން މިހާތަނަށް 120 ސަފާރީއަކަށް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ. އެއީ 2262 ބެޑް ކެޕޭސިޓީއެވެ.

ކޮވިޑް-19ގެ ބަލިމަޑކަމާއި ގުޅިގެން ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ސަފާރީތަކަށް ވެސް ޚިދުމަތްދޭން ހުއްދަދެނީ ސަރުކާރުން ކަޑާއަޅާ ވަކި މިންގަޑުތަކަށް ފެތޭ ސަފާރީތަކަށެވެ.

ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުއްދަ އަށް އެދޭފަރާތަކުން އެކަމަށް ހުއްދަ އެދޭއިރު ސަފާރީގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށަހަޅަން ޖެހެއެވެ. އަަދި މީގެ އިތުރުން ޑިކްލަރޭޝަން ފޯމާއި، އޮޕަރޭޓިން ލައިސެންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމުވެސް ޙިދުމަތަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް އެދޭއިރު ހުށަހަޅަންޖެހޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ އިގްތިސާދު އެކަމެއްގެ މަށްޗަށް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމުގެ ސިނާއަތް ކޮވިޑް-19ގެ ބަލިމަޑުކަމާއިގުޅިން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މިބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅިފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރު މާޗް 27 ގައި ބަންދުކުރިއެވެ. ފަތުރުވެރިކަމުގެ ސިނާއަތު އަލުން ނަގައި ކޮޅަށްޖެހުމުގެ މަގްސަދުގައި ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވީ މިދިޔަމަހު 15 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް