ރާއްޖެ އާއި ކިންގްޑަމް އޮފް އެސްވަތީނީ އާއި ދެމެދު ސިޔާސީގުޅުން ގާއިމްކޮށްފި

ދިވެހިރާއްޖެއާއި އެފްރިކާގެ ގައުމެއްކަމަށްވާ ކިންގްޑަމް އޮފް އެސްވަތީނީ އާއި ދެމެދު ރަސްމީކޮށް ސިޔާސީގުޅުން ގާއިމްކޮށްފި އެވެ. ރާއްޖެއާއި އެސްވަތީނީ އާއި ދެމެދު ގުޅުން ގާއިމުކުރުމަށް އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވިރަސްމިއްޔާތުގައި ދެ ގައުމުގެ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ. އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ އަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު މެލޫސީ މާޓިން […]
ކޮވިޑް ޓެސްޓް ނުހަދާ އަތޮޅުތެރެއަށް ދިއުމުގެ ހުއްދަ ދީފި

މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ ފަރާތްތަކުން ޕީސީއާރު ޓެސްޓް ހެދުމެއްނެތި ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕޮރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ދީފިއެވެ. އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕީސީއާރު ޓެސްޓް ހެދުމެއްނެތި އަތޮޅުތެރެއަށް ދަތުރުކުރެވޭނީ ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ހުއްދަލިބިގެން ކުރުމުއްދަތަކަށް މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކަށެވެ. ކުރިން މިފަދަ ކުރުދަތުރުތައް ކުރެވެނީ 72 ގަޑިއުރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓް އޮތްނަމައެވެ. އަތޮޅުތެރެއަށް ކުރުމުއްދަތަކަށް ދަތުރުކުރާ […]
“ ސެނަހިޔާ ނޮދަން“ގެ ނަމުގައި ކުލިނިކެއް ހުޅުވައިފި

ސެނަހިޔާ ނޮދަންގެ ނަމުގައި އެންއެންޑީއެފްއިން ޅ.މާފިލާފުށީގައި ކްލިނިކެއް މިއަދު ހުޅުވައިފި އެވެ. މި ކްލިނިކް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެެވެ. ކްލިނިކް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސެނެހިޔާ ނޮދަން އަކީ ސިފައިންނަށް ސިއްޚީ ގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ. ސިފައިނަށް ސިއްޚީ ފަރުވާއަށް ބޭނުންޖެހޭ ހާލަތުގައި އެ ޚިދުމަތް އެންމެ އެކަށޭނެގޮތެއްގައި ފޯރުކޮށްދިނުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ވަރަށް […]
ރާއްޖެ އާއި ލަންކާ އާއި ދެމެދު ސަބްމެރިން ކޭބަލުން ގުޅާލައިފި

ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދޭ ދެ ކުންފުނި، އޫރިދޫ އާއި ދިރާގު ގުޅިގެން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ސަބްމެރިން ކޭބަލްއިން ގުޅާލައިފި އެވެ. އޫރިދޫ އަދި ދިރާގު ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެވާގޮތުން މި ކޭބަލްގެ ސަބަބުން އިންޓަނެޓް ޓްރަފިކް ފްލޯއާއި މުއާސަލާތީ ވިއުގަ މިހާރަށްވުރެ އިތުރަށް ވަރުގަދަވެގެން ދާނެއެވެ. އެގޮތުން 5ޖީގެ ވަރުގަދަ ނެޓްވޯކްގެ ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށްދިނުމަށް ބާރެއް ލިބިގެންދާނެކަމަށް މުއާސަލާތީ ޚިދުމަތްދޭ ދެކުންފުނިން ބުނެފައިވެއެވެ. މި ޕްރޮޖެކްޓަކީ 22 މިލިއަން […]
ރުއްގަސް ކެޑުމުން މަނަދޫ ކައުސިލް ޖޫރިމަނާކޮށްފި

ނ. މަނަދޫން އަލަށް ދޫކޮށްފައިވާ ގޯތިތަކުން ރުއްގަސް ކެޑުމާ ގުޅިގެން ރަށު ކައުސިލް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ( އީޕީޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މަނަދޫ ކައުންސިލް ޖޫރިމަނާ ކުރީ އަލަށް ދޫކުރި ގޯތިތަކުން ގަވާއިދާޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެޑުމާއި އުފުރުމާއި ގުޅިގެންނެވެ. އީޕީޕީއޭއިން ބުނީ މަނަދޫ ކައުސިލް ޖޫރިމަނާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ […]
މަކަރުވެރި ކެހިވެރި ރޭވުންތަކުގެ ތެރެއިން ހަވާނަފްސުގެ އެދުންތަކަށް ރުގުޔާކުރުން ހަދައިގެން ނުވާނެ: ޚުތުބާ

މަކަރުވެރި ކެހިވެރި ރޭވުންތަކުގެ ތެރެއިން ތިމާމެންގެ ހަވާ ނަފްސުގެ އެދުންތަކާއި ޣަރީޒާތައް ފުއްދައިގަތުމަށް އޮތް ނުބައި މަގަކަށް ރުގުޔާކުރުން ހަދައިގެން ނުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެެވެ. ”ރުގުޔާކުރުމުގެ ޝަރުއީ ހަމަތައް“ މި މައުޟޫއަށް ޚާއްސަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ ސިހުރު ހާހޫރާއި ހަސަދަ އާއި އެސްފީނާގެ ޝިކާރައަކަށް ވެފައިވާ އެތައްބަޔަކަށް ޝަރުއީ ރުގުޔާ އަކީ އެންމެ އެކަށީގެންވާ ފަރުވާ ކަމަށާއި މިފަދަ ބަލިތަކަށް ރުގުޔާއިން ފަރުވާ ހޯދިދާނެކަމަށެވެ. ޚުތުބާގައި ބުނީ ޝަރުއީގޮތުން ހުއްދަ […]
ތޮއްޑޫއިން ގޯޗަށް ޝަރުތު ހަމާވާފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

އއ. ތޮއްޑޫއިން ދޫކުރުމަށް ހަމަޖައްސާފައިވާ 100 ގޯޗަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އިއުލާން ކޮށްފި އެވެ. ތޮއްޑޫ ކައުންސިލުން މިއަދު އިއުލާންކުރި މި ލިސްޓުގައި ޝަރުތު ހަމަވާ ފަރާތްތަކުގެ ގޮތުގައި 330 މީހުން ހިމެނޭއިރު ޝަރުތު ހަމަނުވާ ފަރާތްތަކުގެ ގޮތުގައި 15 ފަރާތެއް ހިމަނާފައި ވެއެވެ. އަދި މުހިންމު ބައެއް މައުލޫމާތު ފުރިހަމަނުވެހުރި ފަރާތްތަކުގެ ގޮތުގައި ފަސް ފަރާތެއްގެ ލިސްޓެއް ވެސް ހިމަނާފައިވެ އެވެ. ކައުންސިލުން ބުނީ ގޯއްޗަށް އެދުނު […]
ފްލެޓްތަކުގެ ކުލި ފަސްކުރުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ގެދޮރުވެހި ޕްރޮގްރާމްގެ ދަށުން މާލެސިޓީ އާއި އަތޮޅުތެރެއިން ދޫކޮށްފައިވާ ފްލެޓް އަދި ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ދެއްކުން ފަސްކުރުމާގުޅިގެން އެކަމަށް އެދުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ހައުސިން މިނިސްޓަރީން ވަނީ މާލެސިޓީ އާއި އަތޮޅުތެރެއިން ދޫކޮށްފައިވާ ފްލެޓް އަދި ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލި ދެއްކުން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. ފުރަތަމަ ފަހަރަށް ފަސްކުރީ މާޗް މަހުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުން […]
ހިޔާ މަޝްރޫއުގެ އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފި

ހިޔާ މަޝްރޫއުގެ ތެރެއިން 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ ކެޓަގަރީ އެޗް7 ކެޓަގަރީއަށް ޝަރުތުހަމަވާ މީހުންގެ ވަގުތީ ލިސްޓް މިރޭ އާންމު ކޮށްފި އެވެ. މި ލިސްޓަކީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާ ކުރުމަށްފަހު އެޗް7 އަށް ކުރިމަތިލާފައިވާ ފަރާޓްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތާއި އަދި ހުށަހަޅާފައިވާ ލިޔެކިއުން ތަަކަށް ބަލާފަ ނެރެފައިވާ ލިސްޓެއްކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ހާމަކުރެއެވެ. އެ ކޮމިޓީން މިރޭނެރުނު ލިސްޓްގައި އެޗް7 […]
ދުނިޔޭގެ އެމެބޮޑު ޗާޓެޑް ޔޮޓް ރާޖޭގައި

ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންބޮޑު ޗާޓެޑް ޔޮޓް ”ފްލައިން ފޮކް“ ރާއްޖެ އައިސްފިއެވެ. 400 މިލިއަން ޑޮލަރުގެ މި އަގުބޮޑު ޔޮޓު ރާއްޖެ އައީ ކޮންދުވަހެއްކަން ކަށަވަރުވެފައި ނުވި ނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ޔޮޓް ރާއްޖެ އައިތާ މިހާރު ފަސް ވަރަކަށް ދުވަސް ވެދާނެއެވެ. މި ޔޮޓަކީ 466 ފޫޓް ދިގުމިނުގައި ހުންނަ އަދި 74 ފޫޓް ފުޅާމިން ހުންނަ ޔޮޓެކެވެ. ބޯޓްފަހަރު ބަނުމަށް މަޝްހޫރު ޖަރުމަނު ކުންފުންޠެއްކަމަށްވާ ލާސެން […]