ހިޔާ މަޝްރޫއުގެ އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ހިޔާ މަޝްރޫއުގެ ތެރެއިން 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ ކެޓަގަރީ އެޗް7 ކެޓަގަރީއަށް ޝަރުތުހަމަވާ މީހުންގެ ވަގުތީ ލިސްޓް މިރޭ އާންމު ކޮށްފި އެވެ.

މި ލިސްޓަކީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާ ކުރުމަށްފަހު އެޗް7 އަށް ކުރިމަތިލާފައިވާ ފަރާޓްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތާއި އަދި ހުށަހަޅާފައިވާ ލިޔެކިއުން ތަަކަށް ބަލާފަ ނެރެފައިވާ ލިސްޓެއްކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ހާމަކުރެއެވެ.

އެ ކޮމިޓީން މިރޭނެރުނު ލިސްޓްގައި އެޗް7 ކެޓަގަރީއަށް ޝަރުތުހަމަވާ މީހުންނާއި އަދި ޝަރުތު ހަމަނުވާ މީހުން ހިމަނައިފައި ވެއެވެ.

މި ވަގުތީ ލިސްޓްގައި ޝަރުތު ހަމަވާ ކަމަށްް 7808 ފަރާތެއް ހިމަނާފައިވާއިރު 1248 ފަރާތަކީ މި ކެޓަގަރީއަށް ޝަރުތު ހަމަނުވާ މީހުންކަމަށް މައްސަލަބަލާ ކޮމިޓީން ވަނީ ނިންމާފައެވެ.

މި ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފްލެޓް ހައްގުވާ ފަރާތްތަކަށް ފްލެޓް ހައްގުނުވާ ސަބަބު ވެސް ލިސްޓްގައި ހިމަނާފައި ވެއެވެ. އަދި މީގެ އިތުރުން ދިރިއުޅުމުގެ ހާލަތު ބެލިފައި ނުވާ މީހުންވެސް އެގޭނެ ހެން މިލިސްޓްގައި ހިމަނާފައި ވެއެވެ.

އެޗް7 ގެޓަގަރީއަށް ޝަރުތު ހަމަވަނީ ފޯމު ހުށަހަޅާ ތާރީޚާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި އޭޕްރީލް 2018ގެ ނިޔަލަށް 41 އަހަރު ފުރިހަމަނުވާ މީހުންނަށެވެ.

ކައިވެނި ކޮށްގެން އުޅުމާއި އާމްދަނީގެ ގޮތުގައި ހަތް ހާސް ރުފިޔާ ލިބުން ވެސް މިކެޓަގަރީގެ ޝަރުތު ތަކުގައި ހިމެނެއެވެ. އަދި މީގެ އިތުރުން މާލެސިޓީގައި ދިރިއުޅޭ މީހެއްކަމުގައި ވުން ނުވަތަ ި ފްލެޓަށް އެދޭ މީހާގެ އަނބި ނުވަތަ ފިރިމީހާ މާލެސިޓީގައި ވަޒީފާ އަދާކުރުން ނުވަތަ ފުލެޓަށް އެދޭ މީހާގެ ދަރިން މާލެސިޓީގައި ދިރިއުޅުން އަދި ފްލެޓަށް އެދޭމީހާ ކ. އަތޮޅު އެއްވެސް ރަށެއްގައި ވަޒީފާ އަދާކުރުން މި ކެޓަގަރީގައި ޝަރުތުކޮށްފައި ވެއެވެ.

މާލެން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސް އެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް ވެސް މި ކެޓަގަރީގެ ޝަރުތުކޮށްފައި ވެއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނީ ލިސްާޓާއި ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ މިއަދުން ފެށިގެން މިމަހު 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލިސްޓައް ޝަކުވާ ހުށަހަޅާނީ  https://hcp.presidency.gov.mv/   މި ލިންކް މެދުވެރިކޮށެވެ.                    

ދާއިމީ ލިސްޓް އިއުލާން ކުރާނީ މި ކެޓަގަރީއަށް ހުށަހަޅާ ޝަކުވާތަށް ބެލުމަށް ފަހުކަމަށް ވެސް ފްލެޓްތަކުގެ މައްސަބަލާ ކޮމިޓީން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް