ރާއްޖެ އާއި ލަންކާ އާއި ދެމެދު ސަބްމެރިން ކޭބަލުން ގުޅާލައިފި  

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދޭ ދެ ކުންފުނި، އޫރިދޫ އާއި ދިރާގު ގުޅިގެން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ސަބްމެރިން ކޭބަލްއިން ގުޅާލައިފި އެވެ.

އޫރިދޫ އަދި ދިރާގު ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެވާގޮތުން މި ކޭބަލްގެ ސަބަބުން އިންޓަނެޓް ޓްރަފިކް ފްލޯއާއި މުއާސަލާތީ ވިއުގަ މިހާރަށްވުރެ އިތުރަށް ވަރުގަދަވެގެން ދާނެއެވެ.

އެގޮތުން 5ޖީގެ ވަރުގަދަ ނެޓްވޯކްގެ ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށްދިނުމަށް ބާރެއް ލިބިގެންދާނެކަމަށް މުއާސަލާތީ ޚިދުމަތްދޭ ދެކުންފުނިން ބުނެފައިވެއެވެ.

މި ޕްރޮޖެކްޓަކީ 22 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

އުރީދޫ މޯލްޑިވްސް، ދިރާގު އަދި ލަންކާގެ ޑަޔަލޮގް އކްޒިއާޓާ އާއި ވެފައިވާ އެއްބަސްވުމުގެ ދަށުން ކޭބަލް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ކުރީކޮޅުވަނީ ފަށާފައެވެ.

3700 މީޓަރު ކަނޑުއަޑީގައި އަޅާފައިވާ މި ކޭބަލް ލަންކާގެ ކޮލަމްބޯއިން ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ލޭންޑިން ސްޓޭޝަނާއި ގުޅާލާފައިވަނީ މިއަދުއެވެ.

މިކަމަށްޓަކާ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މި ޕްރޮޖެކްޓް ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރަކްޗާ އިތުރަށް ވަރުގަދަވެ އަންނަން އޮތްޖީލުތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް