" ސެނަހިޔާ ނޮދަން"ގެ ނަމުގައި ކުލިނިކެއް ހުޅުވައިފި   

Loading

Facebook
Twitter
WhatsApp

ސެނަހިޔާ ނޮދަންގެ ނަމުގައި އެންއެންޑީއެފްއިން ޅ.މާފިލާފުށީގައި ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.

މި ކްލިނިކް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެެވެ.

ކްލިނިކް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސެނެހިޔާ ނޮދަން އަކީ ސިފައިންނަށް ސިއްޚީ ގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ.

ސިފައިނަށް ސިއްޚީ ފަރުވާއަށް ބޭނުންޖެހޭ ހާލަތުގައި އެ ޚިދުމަތް އެންމެ އެކަށޭނެގޮތެއްގައި ފޯރުކޮށްދިނުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ވަރަށް މުހިންމު މަސްއޫލިއްޔަތެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސިފައިންގެ ނޮދަންއޭރިޔާގައި ގާއިމް ކުރި މި ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވައިސްޗީފް އޮފް ޑިފެންސް ފޯސް ގްރިގޭޑިއާ ޖެނެރަލް އަބްރަހީމް އަބްދުއްލަތީފާއި ސީޑީއެސްއެސްގެ ޖެނެރަލް އޮފިސަރ ކޮމާންޑިންގ ބްރިގޭޑިއާ ޖެނެރަލް ވަހީދުގެ އިތުރުން ސިފައިގެން ބައެއް އިސްވެރިންނާއި މުއައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް