ތޮއްޑޫއިން ގޯޗަށް ޝަރުތު ހަމާވާފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

އއ. ތޮއްޑޫއިން ދޫކުރުމަށް ހަމަޖައްސާފައިވާ 100 ގޯޗަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އިއުލާން ކޮށްފި އެވެ.

ތޮއްޑޫ ކައުންސިލުން މިއަދު އިއުލާންކުރި މި ލިސްޓުގައި ޝަރުތު ހަމަވާ ފަރާތްތަކުގެ ގޮތުގައި 330 މީހުން ހިމެނޭއިރު ޝަރުތު ހަމަނުވާ ފަރާތްތަކުގެ ގޮތުގައި 15 ފަރާތެއް ހިމަނާފައި ވެއެވެ. އަދި މުހިންމު ބައެއް މައުލޫމާތު ފުރިހަމަނުވެހުރި ފަރާތްތަކުގެ ގޮތުގައި ފަސް ފަރާތެއްގެ ލިސްޓެއް ވެސް ހިމަނާފައިވެ އެވެ.

ކައުންސިލުން ބުނީ ގޯއްޗަށް އެދުނު ފަރާތަކުގެ ޕޮއިންޓްދީފައިވަނީ ގެވަޅު ކޮމިޓީން ތައްޔާރުކުރި ޕްއިންޓްދިނުމުގެ އުސޫލާ އެއްގޮތަށް ކަމަށެވެ.

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހު ދެ އަކުން ފެށިގެން މިމަހު 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ތޮއްޑޫ ކައުންސިލުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް